ރ. ފައިނު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި ޢިމާރާތްކޮށްފައިވާ ހަރުގޭގައިހުރި ފައިބަރުދޯނި ބަނުމަށް ހަދާފައިވާ މޯލްޑް އާއި ޖެނެރޭޓަރު، ސިޓީލާ ނީލަމުގައި ވިއްކާލުން

އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި އިންޑަސްޓްރިއަލް މަސައްކަތެއް ކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ފައިސާ ހޯދުމަށްއެދި ދައުލަތުން ދަޢުވާކުރުމުން ބެލުނު މިކޯޓުގެ ނަންބަރު 01/E14C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުމަށްޓަކައި، މިހާރު ހިނގަމުންދާ މިކޯޓުގެ ނަންބަރު 01/E14C/2018 ޤަޟިއްޔާގެ ތެރެއިން އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި ޢިމާރާތްކޮށްފައިވާ ހަރުގޭގައި ހުރި ފައިބަރު ދޯނި ބަނުމަށް ހަދާފައިވާ މޯލްޑާއި ޖަނަރޭޓަރު، ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

 

ވިއްކާލުމަށްބޭނުންވާ މުދަލުގެ ތަފްޞީލް:

ސުމާރު ނަންބަރު

ތަކެތީގެ ޢަދަދު

ތަފްޞީލް

ވިއްކާލުމުގެ ފެށޭ އަގު

ޙާލަތު (Condition)

01

01

ފައިބަރު ދޯނި ބަނުމަށް ހަދާފައިވާ މޯލްޑް (65 ފޫޓް)

0.00

ނޭނގެ

02

01

ޑީސަލް ޖެނެރޭޓަރ (ބްރޭންޑް: MG131S، 30kw)

0.00

ނޭނގެ

 

 

މިނީލަން ކުރިއަށްދާނެ މުއްދަތު:29 ސެޕްޓެމްބަރ 2019 އިން 10 އޮކުޓޯބަރ 2019 ގެ 13:30 އަށް.

 

ނީލަމަށް އަގު ހުށަހަޅާނެގޮތް:ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އާއި 13:30 އާ ދެމެދު ރ.ފައިނު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޛަރީޢާއިން އަގު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ ފޮނުއްވާނީ [email protected]  އަށެވެ.

އަމިއްލަ ފަރުދެއްނަމަ: -އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް (ހުށަހަޅަ ފަރާތުގެ ފޯނު ނަންބަރާއެކު)

              -ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުންފުންޏެއްނަމަ:    -މި ނީލަމާ ގުޅިގެން ރ.ފައިނު މެޖިސްޓްރޭޓް ކޯޓާ މުޢާމަލާތްކުރައްވާނެ ފަރާތަށް ގުޅޭނެ ފޯނު ނަންބަރު ހިމެނޭހެން އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

               -ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

               -މި ނީލަމާ ގުޅިގެން ރ.ފައިނު މެޖިސްޓްރޭޓް ކޯޓާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު.

 

ނޯޓު:

-          ނީލަމަށް ހުށަހެޅޭ އަގުތައް މިކޯޓުގެ ނޯޓިސް ބޯޑުގައި ބެހެއްޓޭނެއެވެ. އަދި މިނީލަމުގެ އެންމެ ފަހު ތާރިޚް 2019 އޮކުޓޯބަރ 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން ލިބޭ އެންމެ މަތީ އަގަކަށް ތަކެތި ވިއްކާލެވޭނެއެވެ.

-          ނީލަމުގައި ވިއްކާލާ ތަކެތި ބައްލަވަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މިކޯޓަށް ވަޑައިގަތުމުން އެއިންތިޒާމް ހަމަޖެހޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މިކޯޓުގެ ނަންބަރު 6580617 ފޯނާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

 

                     ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ދެންނެވިފައިވާ ގޮތުގެ މަތީން މިކޯޓަށް އަގު ހުށައަޅަމުން ގެންދިޔުމަށް ދަންނަވަމެވެ.

                     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ސެޕްޓެންބަރު 2019
ހޯދާ