ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ -ލީގަލް، ސީނިއަރ ލީގަލް އޮފިސަރ

 

މަޤާމް:

 އެސިސްޓެންޓް މެނޭޖަރ- ލީގަލް

ބޭނުންވާ ޢަދަދު:

 01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

 ލީގަލް އެންޑް އެސަސްމަންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

 މަހަކު  17,500ރުފިޔާ

 އަދި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ރާވައި ހިންގުމާއި، ރެކޯޑް ބެލެހެއްޓުމާއި އެކަމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

- މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނޭ އިންތިޒާމް ހަމަޖެއްސުން.

- މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓްތައް ފޮނުވުމުގެ އިންތިޒާމް ބަލަހައްޓާ، މޮނިޓަރ ކުރުން.

- ނިންމާ މައްސަލަތަކުގެ ރިޕޯރޓް ތައްޔާރު ކުރުމުގައި މެމްބަރުންނަށް އެހީތެރިވެދިނުމާއި، ޓްރައިބިއުނަލުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން ރިޕޯޓް ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

- ޓްރައިބިއުނަލްގެ ރިޔާސަތުން އަންގާ ގޮތެއްގެ މަތީން މައްސަލަތައް ސެޑިއުލް ކުރުމާއި، މައްސަލަބަލާ މަޖިލިސް އިންތިޒާމް ކުރުމާއި، މައްސަލަ ބަލާ މަޖިލީހުގެ މެމްބަރުންނަށް ގަޑިތައް އެންގުމާއި، މައްސަލަތައް ބެލެމުންދާކަން ޔަޤީންކުރުމުގެ ކަންކަމުގައި އެހީތެރިވުން.

- ޓްރައިބިއުނަލްގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން ޓްރައިބިއުނަލަށް މީހުން ޙާޟިރުކުރުމުގެ ކަންތައް ކުރިއަށް ދާކަން ޔަޤީންކުރުން.

- ޓްރައިބިއުނަލްގެ ބައްދަލުވުންތަކަށް އެޖެންޑާކުރެވޭ ކަންތައްތަކާއި، މައްސަލަތަކުގައި މެމްބަރުންނަށް ބޭނުންވާ ދިރާސާތައް ހެއްދެވުން.

- ޓްރައިބިއުނަލްގެ ނިންމުންތައް ރެކޯޑްކޮށް ޝާއިޢް ކުރަންޖެހޭ ނިންމުންތައް ޝާއިޢުކުރުމުގެ ކަންތައް ބެލެހެއްޓުން.

- ލީގަލް އެންޑް އެސަސްމަންޓް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

- މެންބަރުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- ޓްރައިބިއުނަލުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން.

ޝަރުތު:

- ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމް:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު:

 01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

 މަހަކު  14,700ރުފިޔާ

އަދި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނޭ އިންތިޒާމް ހަމަޖެއްސުން.

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ލީގަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލާ މޮނިޓަރކުރުން.

- މައްސަލަތކުގެ ރިޕޯޓް ތައްޔާރުކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން.

- ޓްރައިބިއުނަލުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން.

- ޓްރައިބިއުނަލްގެ ޙަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތައް ހަލުވި ކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ޓްރައިބިއުނަލުގެ މެންބަރުންނަށް ދިނުން.

- މެންބަރުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- ޓްރައިބިއުނަލުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން.

ޝަރުތު:

 

- ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

 

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާ ހަމަޖެއްސުމުގެ ކުރިން އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)

 

  1. ވަޒީފާއެއްގައި އުޅުއްވާ، ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް.)

 

  1. ކަރިކިއުލަމް ވިޓާ (ސީވީ)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

                ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 އޮކްޓޯބަރު 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއު ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމް މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

 

27 މުޙައްރަމް 1441

26 ސެޕްޓެމްބަރު 2019

26 ސެޕްޓެންބަރު 2019
ހޯދާ