އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމަކާއި ނުލައި 05 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވުމާއި ގުޅިގެން ކުރެވޭ ޖޫރިމަނާ.

     ނަންބަރު: (PR)203-ADMIN/01/2019/03

 

ނޫސްބަޔާން

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމަކާއި ނުލައި 05 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތްފަށާފައިވުމާއި ގުޅިގެން ކުރެވޭ ޖޫރިމަނާ.

ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލައި އާންމުކޮށްފައިވާ ޤަވާޢިދު ނަންބަރު:2012/R-27 'ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ޤަވާއިދު 2012' ގެ ދަށުން ހުއްދަ ހޯދުމަކައިނުލައި ހއ. ތަކަންދޫ، ހދ. ފިނޭ، ނ.ހެނބަދޫ، ނ. މާޅެންދޫ އަދި ބ. ކެންދޫ އިންޖީނުގެ އެޅުމުގެ މަސައްކަތް 2017 އަދި 2018 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާތީވެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވަނީ 26 ސެޕްޓެމްބަރ 2019 ގައި އިސްވެދެންނެވުނު ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން 600،000 ރ. (ހަ ލައްކަ ދިވެހިރުފިޔާއިން) ޖޫރިމަނާ ކޮށްފައެވެ. އަދި، މި ޖޫރިމަނާއަށްވާ ފައިސާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ ކުންފުންޏަށް އަންގާފައެވެ.

މި ޖޫރިމަނާ ކަނޑައެޅުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2019 ވަނަ އަހަރުގެ ޖަނަވަރީ އަދި އޭޕްރީލް މަހުގައި މި އެޖެންސީއަށް ލިބުނު މަޢުލޫމާތަށް ބަލާފައިވާނެއެވެ. މިގޮތުން 30 ޖަނަވަރީ 2019 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންވަނީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަކާއި ނުލައި އިސްވެ ބަޔާންކޮށްފައިވާ 05 ރަށުގެ އިންޖީނު އެޅުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވާކަމަށް އެއްބަސްވެ އެކަމުގެ ފުރިހަމަ މަޢުލޫމާތު ލިޔުމުން މިއެޖެންސީއާއި ހިއްސާކުރައްވާފައެވެ. އަދި، މަސައްކަތް ހިންގާފައިވާ ފަރާތުގެ ޙައިސިއްޔަތުން މި ކަމަކީ ފެނަކަ ކޯޕަރޭޝަން އިން ޒިންމާވާންޖެހޭ ކަމެކެވެ. 

27 މުޙައްރަމް 1441

26 ސެޕްޓެމްބަރ 2019

26 ސެޕްޓެންބަރު 2019
ހޯދާ