މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:                    މަސައްކަތު   

މަޤާމުގެ ނަންބަރު:             119834

ބޭނުންވާ  ޢަދަދު:              1

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:             އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:       ސަޕޯރޓް ސްޓާފް ގްރޭޑް 1

އޮފީސް:                މިނިސްޓްރީ އޮފް ފިޝަރީޒް, އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް 

ޑިވިޜަން/ ސެކްޝަން:          ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް    

ވަޒީފާ އަދާކުރަންޖެހޭތަން:        ހުޅުލެ

މުސާރ:                  -/3100 ރުފިޔާ

ސަރވިސް އެލަވަންސް:          -/1000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:       -/1200 ރުފިޔާ

ކޮއްތު ފައިސާ:               -/60  ރުފިޔާ (ނުކުންނަ ދުވަހަކަށް)

 

މަޤާމުގެ ޝަރުތު      

  1. ލިޔަންކިޔަން އެނގުން: (ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުން)

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ފޮޅާ ސާފުކުރުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޑައިގްނޯސްޓިކް ސެންޓަރުގެ އިމާރާތުގެ ފާރުތަކާއި، ދޮރުތަކާއި، ކުޑަދޮރުތަކާއި، ފާޚާނާކާތަކާއި، ސިޑި، މަދުވެގެން ދުވާލަކު 1 ފަހަރު ފޮޅާ ސާރުކުރުން.
  • މަދުވެގެން ދުވާލަކު 1 ފަހަރު ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޑައިގްނޯސްޓިކް ސެންޓަރުގެ ލެބޯޓްރީތަކާއި، ސެމިނާ ރޫމާއި، ގްރީން ހައުސްއާއި، ޓެރަހާއި، އޮފީސްބަޔާއި، ކަރަންޓީން އޮފިސަރުން ތިބޭބައި ސާފުކުރުން.
  • ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުން ކުރަންޖެހޭ ވެހިކަލް ދަތުރުތައް ކަރަންޓީން ޔުނިޓުން ހަމަޖައްސާ އުޞޫލުތަކުގެ މަތިން ކުރުން.
  • ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޑައިގްނޯސްޓިކް ސެންޓަރުގެ ވެހިކަލް މަދުވެގެން މަހަކު 3 ފަހަރު ސާފުކުރުމުގެ މަސައްކަތާއި ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތް އިދާރީ މުވައްޒަފުންނާއި ގުޅިގެން ކުރުން.
  • މީޓިންގ/ ޓްރެއިނިންގ ތަކަށް ބޭނުންވާ ތަން ތައްޔާރު ކުރުމުގައި  ބައިވެރިވުން.
  • ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޑައިގްނޯސްޓިކް ސެންޓަރުގެ އިމާރާތުގެ ބޭރު ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުން.
  • މިނިސްޓްރީއިން ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޑައިގްނޯސްޓިކް ސެންޓަރަށް ނުވަތަ ސެންޓަރުން މިނިސްޓްރީއަށް ގެންދަންޖެހޭ މުދަލާއި ތަކެތި އުފުލުމުގައި ޔުނިޓުގެ އެހެން  މުވައްޒަފުންނަށް އެހީތެރިވެދިނުން.
  • ކަރަންޓީން ކުރެވޭ ތަކެތި ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް ގެނައުމުގައާއި، ނައްތާލުމުގައި ކަރަންޓީން އޮފިސަރުންނަށް އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި ޔުނިޓްގެ ހެޑްގެ އިރުޝާދުގެ ދަށުން ކަރަންޓީން އޮފިސަރުންނަށް އެހީތެރިވުން.
  • މަސައްކަތު މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ސެންޓަރުގެ އިދާރީ މުވައްޒަފުންނާއި ގުޅިގެން ހޯދުމަށް މަސައްކަތް ކުރުން.
  • ސެންޓަރުގެ އިމާރާތުގެ ތެރޭގައި މަރާމާތުކުރަންޖެހޭ ތަންތަން ބަލައި ކުދިކުދި މަރާމާތުތައް ކުރުން އަދި އަމިއްލައަށް ނުކުރެވޭވަރުގެ މަރާމާތުތައް އިދާރީ މުވައްޒަފުންނާއި ގުޅިގެން ކުރުމަށް މަސައްކަތް ކުރުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

-          ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ އިންޓަވިއު

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:
  4. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕ:

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6-    ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8-    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ)    ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

-   މަޤާމަށް އެދެންވީގޮތާއި ސުންގަޑި

-    ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 06  ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ hr@fishagri.gov.mv އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

                     26  މުޙައްރަމް     1441

25 ސެޕްޓެންބަރު 2019
ހޯދާ