މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުމްހޫރީ މައިދާން އަދި ސަލްޓަންޕާކުގައި ހުރި ފައުންޓަނާ އާއި ޕަމްޕްތައް ބެލެހެއްޓުމާއި، މަރާމާތުކުރުން

ޖުމްހޫރީ މައިދާން އަދި ސަލްޓަންޕާކުގައި ހުރި ތިރީގައި މި ދަންނަވާ ތަންތަނުގެ ފައުންޓަނާ އާއި ޕަމްޕްތައް ބެލެހެއްޓުމާއި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:IUL)425-A2/425/2019/14) އިޢުލާނާ ގުޅިގެން އަގުހުށަހެޅުމަށް ބޭއްވި ބައްދަލުވުމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި އެ ކަމަށް ތަޖުރިބާ ހުރީ އެންމެ ފަރާތެއް ކަމަށްވާތީ، އެ އިޢުލާނުގެ ބިޑް ބާޠިލުކޮށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް  އަލުން  އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޢާންމު ޚިދުމަތްތަކާބެހޭ ބަޔަށް ވަޑައިގެން ދެއްވުން އެދެމެވެ.

1 – ރަސްރަނި ޕާކް ފައުންޓެއިން

2 – ޖުމްހޫރީ މައިދާން ފައުންޓެއިން

3 – ރައިވެރިބޭ މައިޒާން ފައުންޓެއިން

4 – ރަސްރަނި ފިޝް ޕޮންޑް

 

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

30 ސެޕްޓެމްބަރ 2019

13:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ޢާންމު ޚިދުމަތްތަކާބެހޭ ބައި

އަގު ހުށަހެޅުން

07 އޮކްޓޫބަރ 2019

13:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ޢާންމުޚިދުމަތްތަކާ ބެހޭ ބައި

 

          މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަން ޖެހޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.

26 ސެޕްޓެމްބަރ 2019

26 ސެޕްޓެންބަރު 2019
ހޯދާ