ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާނު

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ މިދަންނަވާ މަޤާމަށް މީހަކުބޭނުންވެއެވެ.

މަޤާމް:

ޑްރައިވަރ

މަޤާމް ނަމްބަރ:

J-222203

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ ގދ.ތިނަދޫ

މުސާރަ:

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ (އެއްހާސް ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް:

-/1200 ރުފިޔާ (އެއްހާސް ދުއިސައްތަ ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތިނަދޫ ކައުންސިލްގެ ޕިކަޕްތަކާއި ވޭންތައް އަދި ކްރޭންތައް އަބަދުވެސް ދަތުރުކުރެވޭނެ ޙާލަތެއްގައި ބޭއްވުން.
  2.  ވެހިކަލްތަކަށް އިންޖީނަށް ގަޑިން ގަޑިޔަށް ދޭންޖެހޭ ސާރވިސް ދިނުމާއި، ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް ތެޔޮބަދަލުކުރުމާއި މި ނޫނަސް ބަދަލުކުރަންޖެހޭ އެހެނިހެން ތަކެތި ހޯދައި ހަމަކޮށް ވެހިކަލްގެ މެއިންޓަނެންސް ޤަވާއިދުން ބެލެހެއްޓުން.
  3. ވެހިކަލްތަކަށް ލިބޭ ކޮންމެ ގެއްލުމެއް ކަމާއިބެހޭ މުވައްޒަފުންނަށް ވަގުތުން އެންގުން.
  4. ކައުންސިލްގެ އިދާރާއިން އެކި ތަންތަނަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި ،މާލެއިން ނުވަތަ އެހެނިހެން މުވައްސަސާއަކުން އަންނަ ބޭފުޅުން ގޮވައިގެން  ކުރަން ޖެހޭ ދަތުރުތައް ކުރުން.
  5. ވެހިކަލްތަކުގެ އަހަރީ ފީ އާއި ރޯޑްވާދިނަސް ހަމައަށް ހުރިތޯ ބަލައި، އަހަރީ ފީ އާއި ރޯޑްވާދިނަސް ހަމަކުރުމުގެ މަސައްކަތް ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

1-      ގްރޭޑް7 ގެ ފެންވަރު ހުރުން (ގްރޭޑް 7 ނިންމާފައިވުން)

2-      މޯލްޑިވްސް ޓްރާންސްޕޯޓް އޮތޮރިޓީ ޤަބޫލުކުރައްވާ B1 ނުވަތަ C1  ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވުމާއެކު، ލިޔަން ކިޔަން ދަތުމާއި މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ސިއްޙަތެއް ހުރި މީހެއްކަމުގައިވުން.

3-      އުމުރުން 55 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5.  
  6. މަސައްތަކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ލިބިފައިވާ ލައިސަންސް / ހުއްދަ ސަނަދު، ތަޖުރިބާ އަދި އިންޓަވިއު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮކްޓޯބަރ 2019 ( ހޯމަ ) 13:30 ގެކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއި   [email protected] އަދި ފެކްސް (6841018) މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 އޮކްޓޯބަރ 2019 އާއި 14 އޮކްޓޯބަރ 2019  އާ ދެމެދު، ހުވަދުއަތޮޅު ދެކުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢްލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

       މި އިޢުލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6841715އަށެވެ. އަދި ފެކްސް ކުރައްވާނެ ނަންބަރަކީ،6841018އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

25 ސެޕްޓެންބަރު 2019
ހޯދާ