ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރަ (ވަގުތީ)

އިޢުލާނު

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ މިދަންނަވާ މަޤާމަށް މީހަކުބޭނުންވެއެވެ.

މަޤާމް:

އެކައުންޓްސް އޮފިސަރ

(މިމަޤާމަށް ވަޒީފާ ހަމަޖައްސާނީ ' ވޭޖް އެމްޕްލޯއިމެންޓްގެ' ގޮތުގައެވެ).

މަޤާމް ނަމްބަރ:

-

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (06 މަސްދުވަހުގެ މުއްދަތަށް)

 

މަޤާމުގެ ރޭންކް:

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ ގދ.ތިނަދޫ

މުސާރަ:

-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ (ހަތްސަތޭކަ ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މުދަލުޒަކާތާއި ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމާއި ބެހުމުގެ މަސައްކަތް ކުރުން.
  2. ކައުންސިލްގެ އިދާރާގެ އެންމެހައި މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުމާއި، މުސާރަ ވައުޗަރ ތައްޔާރުކުރުމާއި އަދި ގުޅުންހުރި އެންމެހައި ކަންތައްތައް ކުރުން.
  3. ކައުންސިލްގެ އިދާރާއަށް ލިބޭ ފައިސާގެ ބިލްތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި އެކަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން.
  4. އާމްދަނީއާއި ގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ މެސެޖް ފަދަ ތަކެތި ލިޔެ ފޮނުވުމާއި އަދި އާމްދަނީ ރިޕޯޓް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން.
  5. ފައިސާބެހޭ ބައިން ތައްޔާރުކުރާ ފައިސާގެ ރިޕޯޓްތަކާއި ސްޓޭޓްމެންޓްތަކުގެ ހިސާބު ޗެކްކުރުމުގައި އެހީތެރިވުމާއި، ބަޖެޓް ތައްޔާރުކުރުމާއި އަހަރީ ހިސާބު ތައްޔާރު ކުރުމުގައި އެހީތެރިވުން.
  6. ހަފްތާގެ ތިޖޫރި ރިޕޯޓާއި މަހުންމަހަށް ހަދަންޖެހޭ ތިޖޫރު ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
  7. ކައުންސިލްގެ އާމްދަނީއާއި ޚަރަދު ބަޔާންކުރާ ޚުލާސާ ޝީޓްގައި ހިމަނަންޖެހޭ މަޢްލޫމާތު ދުވަހުން ދުވަހަށް ހިމަނައި ކައުންސިލަރުންނާށާއި ޔައުމިއްޔާ ލިޔާ މުވައްޒަފަށް ޖެހިގެން އަންނަ ރަސްމީދުވަހު އީމެއިލް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢްލީމީ ސެޓްފިކެތްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢްލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއު ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  3. މަސައްތަކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ލިބިފައިވާ ލައިސަންސް / ހުއްދަ ސަނަދު، ތަޖުރިބާ އަދި އިންޓަވިއު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮކްޓޯބަރ 2019 ( ހޯމަ ) 13:30 ގެކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއި   [email protected] އަދި ފެކްސް (6841018) މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 އޮކްޓޯބަރ 2019 އާއި 14 އޮކްޓޯބަރ 2019 އާ ދެމެދު، ހުވަދުއަތޮޅު ދެކުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢްލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

       މި އިޢުލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6841715އަށެވެ. އަދި ފެކްސް ކުރައްވާނެ ނަންބަރަކީ،6841018އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                            

25 ސެޕްޓެންބަރު 2019
ހޯދާ