މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމަށާއި، ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރުން

                                 ނަންބަރު IUL)321-A/321/2019/125) 

އިޢުލާން

މަސްކައްކާ ހިއްކުމަށާއި، ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރުން

 

ރަށުގެ އިރުމަތީކޮޅުން ސިނާއީ ސަރަޙައްދުގެ ގޮތުގައި މިހާރު ކަޑައަޅާފައިވާ ބިމުން މަސްކައްކާ ހިއްކުމަށާއި ގުދަން އެޅުމަށް، ބިން ކުއްޔަށްދޫކުރުމަށް ކައުންސިލްގެ 03 ވަނަ ދައުރުގެ 87 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ. މިގޮތުން މިބުރު ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްކައްކާ ހިއްކުމަށް ދޫކުރާ 06 ބިމާއި ގުދަން ބިމުގެ ގޮތުގައި ދޫކުރާ 12 ބިމެވެ. މި ބިންތައް ދައްކުވައިދޭ ޗާޓާއި ރަށުގެ އައުޓްލައިން ޗާޓެއް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ.

 

ވީމާ، މި ބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބިންތަކަށް ހުށަހެޅޭނެ އެންމެ ކުޑަކުއްޔަކީ މަހަކު އަކަފޫޓަކަށް 60/- (ފަސްދޮޅަސް ލާރިއެވެ.) ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ.

 

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

15 އޮކްޓޯބަރ 2019

10:30

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

22 އޮކްޓޯބަރ 2019

10:30

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ބިންކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަން ވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާ ގަނޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން މިފަދަ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25  މުޙައްރަމް  1441

24 ސެޕްޓެންބަރު 2019
ހޯދާ