ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު އުތުރުކޮޅު ހަޓް ސަރަހައްދު ޕެޓްރޯލް ވިއްކުމާގުޅޭ

މިރަށު ބަނދަރުގެ އުތުރުކޮޅު ހަޓްހަދާފައިވާ ސަރަހައްދުގައި އާއްމު ފަރާތަކުން ގިނަ އަދަދަކަށް ޕެޓްރޯލް ބޭނުންކުރަމުން ގެންދާތީވެ މިކަމުގެ ސަބަބުން އެހިސާބުގޭގޭގައި ދިރިއުޅޭ ފަރާތްތަކަށް އެކަތެއް އުނދަގޫތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ.އަދި މިތަނަކީ އާއްމުކޮށް ރަށުގެ ބައެއް ބޭފުޅުން ދުންފަތުގެ އިސްތިމާލުކުރުމަށް މަޑުކޮށްގެން ތިބޭ ސަރަހައްދެއްކަމުން ޕެޓްރޯލް ފަދަ ނުރައްކާތެރި ތަކެތި ގެންގުޅުމަކީ އެކަމުގެ ސަބަބުން ނުރައްކާތެރި އަލިފާނުގެ ކާރިސާއެއް ދިމާވެދާނެކަމެއްކަމަށް މިކައުންސިލުން ދެކޭތީވެ މިރަށުގެ ބަނދަރު ސަރަޙައްދުގައި ޕެޓްރޯލް ވިއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން އަދި މިވަގުތު ބަނދަރު ސަރަޙައްދުގައި ޕެޓްރޯލް ބަހައްޓާފައިވާ އެންމެހާ ފަރާތްތަކުން މިއަދުން ފެށިގެން 3 ދުވަހުގެތެރޭގައި މިތަކެތި ބަނދަރު ސަރަޙައްދުން ނެންގެވުން ދަންނަވަމެވެ.

                 އަދި ދަންނަވަމެވެ. ރަށުގެ ބަނދަރަކީ ރަށުގެ މޫނުމަތި ކަމަށްވާހިނދު އެސަރަޙައްދުގައި މިފަދަ ތަކެތި ދިގުމުއްދަތަށް ބެހެއްޓުމަކީ އެސަރަހައްދުގެ ރީތިކަމާއި ސާފުކަން ގެއްލޭނެ ކަމަކަށްވާތީ މިޒާތުގެ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުކުރުން އެދެމެވެ. އަދި ކުރުމުއްދަތަކަށް ނަމަވެސް މިފަދަ ތަކެތި ބަނދަރު ސަރަޙައްދުގައި ބޭނުންކުރައްވާނަމަ ކައުންސިލްގެ ހާއްސަ ހުއްދައެއް ލިބިގެންނޫންގޮތަކަށް ބޭނުން ނުކުރުމަށް ހަނދުމަކޮށްއަރުވަމެވެ.

                 އަދި މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކުރުމަށް ބޭނުންފުޅުވާނަމަ މިކައުންސިލް އިދާރާގެ ނަމްބަރ 7980047 ގުޅުއްވާ މައުލޫމާތު ސާފުކުރުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

24 ސެޕްޓެންބަރު 2019
ހޯދާ