މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު - ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިއުލާން ނަމްބަރ: (IUL)332-ADHR/332/2019/53

ބީލަން ހުށަހެޅުމުގެ ދައުވަތު

  1. މިރަށު ކުނިކޮށި ބަލަހއްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 24 ސެޕްޓެމްބަރ 2019 ން 29 ސެޕްޓެމްބަރ 2019 ށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 ން 13:00 ށް މި އިދާރާއިންނެވެ.
  3. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 24 ސެޕްޓެމްބަރ 2019 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected], [email protected] 

23 ސެޕްޓެމްބަރ 2019

24 ސެޕްޓެންބަރު 2019
ހޯދާ