މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގައި ބޭނުންކުރާ ތޮޝީބާ ބްރޭންޑްގެ ފޮޓޯކޮޕީމެޝިންތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެނ

އިޢުލާން

 

 

މިއޮފީހުގައި ބޭނުންކުރާ  ތޮޝީބާ ބްރޭންޑްގެ ފޮޓޯކޮޕީމެޝިންތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2019/40 އިޢުލާނަށް މަޢުލޫމާތު ސާފުކުރަން ހާޒިރުވީ 1 ފަރާތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 02 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 ފޯނަށް ގުޅުއްވުން އެދެމެވެ.

 

24 މުޙައްރަމް   1441

23 ސެޕްޓެމްބަރު 2019

 

މިއޮފީހުގެ ނަންބަރު (IUL)14-PR/1/2019/43 އިޢުލާނާއި ގުޅިގެން ތޮޝީބާ ފޮޓޯކޮޕީ މެޝިންތައް ސަރވިސްކުރަން ބޭނުންވެގެން ތައްޔާރުކުރެވިފައިވާ  މަޢުލޫމާތު ކަރުދާސް

 

  1. 1.      ފޮޓޯކޮޕީ މެޝިންތަކާބެހޭބެހޭ މަޢުލޫމާތު
  • ބްރޭންޑް :ތޮޝީބާ އީސްޓޫޑިއޯގެ  ފޮޓޯކޮޕީ މެޝިންތައް
  • ފޮޓޯކޮޕީ މެޝިންގެ އަދަދު:10  
  • މެޝިންތައް ހުރި ތަން: 01 - އެއަރ ކާގޯ ސެކްޝަން (ހުޅުލެ)، 01 - ޕަސެންޖަރ ޕްރޮސެސިންގ ސެކްޝަން (ހުޅުލެ)، 01 - ބޮންޑެޑް ވެއަރ ހައުސް ސެކްޝަން (ހުޅުމާލެ) އަދި 07 – ކަސްޓަމްސް ހެޑް އޮފީސް (މާލެ)

1-      ޙަވާލުކުރާ މަސައްކަތް:

  • މިއޮފީހުގައި މިހާރު ބޭނުން ކުރާ ތޮޝިބާ ފޮޓޯކޮޕީ މެޝިން ތައް އަދި އިތުރަށް ހޯދޭ މި ބްރޭންޑްގެ މެޝިންތައް ކޮންމެ މަހަކު އެއްފަހަރު ސާރވިސްކޮށް ރިޕޯޓެއް މިއޮފީހަށް ހުށަހެޅުން.
  • މައްސަލަޖެހިގެން ފޮނުވާ ތޮޝިބާ ފޮޓޯކޮޕީ މެޝިންތައް މަރާމާތުކުރުން.
  • ތޮޝިބާ ފޮޓޯކޮޕީ މެޝިންތަކަށް މައްސަލައެއް ދިމާވެގެން ރިޕޯޓް ކުރާތާ ލަސްވެގެން 2 ގަޑިއިރު ތެރޭގައި ޓެކްނީޝަނުން ފޮނުވުން.
  • ތޮޝިބާ ފޮޓޯކޮޕީ މެޝިންތަކަށް ދިމާވާ އެއްމެހައި މައްސަލަތައް ހައްލުކޮށްދިނުން.
  • މަރާމާތުނުކުރެވޭވަރަށް ހަލާކުވެފައިވާ ތޮޝިބާ ފޮޓޯކޮޕީ މެޝިނެއްނަމަ މިކަންބަޔާންކޮށް ކަމާބެހޭސެކްޝަނަށް ލިޔުމަކުން އެންގުން.
  • މަރާމާތުކުރެވޭ ތޮޝިބާ ފޮޓޯކޮޕީ މެޝިންތައް މަސައްކަތް ނިންމާ މިއޮފީހާއި ހަވާލުކުރާއިރު ފޮޓޯކޮޕީ މެޝިންތައް މަރާމާތު ކުރެވެނުގޮތުގެ ތަފްސީލް މިއޮފީހަށް ހުށަހެޅުން.

 

2-      މަސައްކަތުގެ މުއްދަތު

  • މި މަސައްކަތުގެ މުއްދަތަކީ މީލާދީ ކަލަންޑަރުން 3 އަހަރު ދުވަހެވެ.

 

3-      ސްޕެއަރ ޕާރޓްސް އާއި ޓޫލްސް ހޯދުން

  • ފޮޓޯކޮޕީ މެޝިންތައް މަރާމާތުކުރުމަށްބޭނުންވާ ސްޕެއަރޕާރޓްސްތައް ހޯދަން ޖެހޭނީ ފޮޓޯކޮޕީ މެޝިންތައް ސަރވިސް ކުރާ ފަރާތުންނެވެ.
  • ފޮޓޯކޮޕީ މެޝިންތައް މަރާމާތުކުރުމަށްބޭނުންވާ ސްޕެއަރޕާރޓްސްތަކުގެ އަގު 500 ރުފިޔާ އަށްވުރެ ބޮޑުވާނަމަ އެތަކެތިގަތުމުގެ ޚަރަދު ކުރާނީ ކަސްޓަމްސް އިންނެވެ. މިފަދަ ސްޕެއަރ އެއްގަންނަން ބޭނުންވެއްޖެނަމަ ސްޕެއަރޕާރޓްސްގެ ކޯޓޭޝަނެއް މިއޮފީހަށް ފޮނުވާ މިއޮފީހުން ހުއްދަހޯދަން ވާނެއެވެ.
  • އަދި ފޮޓޯކޮޕީ މެޝިންތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރޕާރޓްސް ތަކުގެ އަގު 500 ރުފިޔާ އަށްވުރެ ކުޑަނަމަ އެތަކެތި ހޯދާނީ ސަރވިސްކުރާ ފަރާތުން، އެފަރާތުގެ އަމިއްލަ ޚަރަދުގައެވެ.
  1. 4.      ސަމާލުކަން ދޭންވީ ކަންތައްތައް
  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަގު ހުށަހަޅަންވާނީ މެޝިނެއް ސާރވިސްކޮށްދޭނެ އަގު އެނގޭތޮތަށް ޖުމްލަ އަގެވެ. 
  • ޔުނިޓް ޕްރައިސްއަށް ޖީ.އެސް.ޓީ އިތުރު ކުރެވޭނީ އެއިރެއްގެ ޖީ.އެސް.ޓީ ރޭޓެވެ.( އަންދާސީ ހިސާބު ހުށަހަޅުއްވާ އިރު ބައެއް ފަރާތްތަކުން ޖީ.އެސް.ޓީ ހިމަނާފައި ނުވާނަމަ ބިޑްތައް އިވެލުއޭޓް ކުރެވޭނީ ޖީ.އެސް.ޓީ ނުހިމަނައެވެ(.
  • ބިޑު ކާމިޔާބުކުރާ ފަރާތަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދެވޭނެއެވެ.
  • އެއްބަސްވުމުގެ މުއްދަތުގައި ހަލާކުވެގެން ބޭނުން ނުކުރެވޭ މެޝިނެއް ހަލާކުވެއްޖެނަމަ،  ހުށަހަޅާފައިވާ ރޭޓުން ޖުމްލަ އަގުން އުނިކުރެވޭނެއެވެ. އަދި މެޝިނެއް އިތުރުވެއްޖެނަމަ، ހުށަހަޅާފައިވާ ރޭޓުން ޖުމްލަ އަގަށް އިތުރުކުރެވޭނެއެވެ.
  • ބީލަންގެ އަގު 250,000/- ރުފިޔާ އަށް ވުރެ ބޮޑުވާނަމަ، ބިޑު ސެކިއުރިޓީގެ ގޮތުގައި 0.05% އިންސައްތަ ހުށަހަޅަންވާނެއެވެ. އަދި ބިޑު ކާމިޔާބު ކުރާފަރާތުން ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި 2% ގެ ގެރެންޓީއެއްވެސް ދޭންވާނެއެވެ. މިގޮތުން ހުށަހަޅާ ސެކިއުރިޓީ ވާންވާނީ ސަރުކާރުން ޤަބޫލުކުރެވޭ ބޭންކް އަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން (ދިވެހިރާއްޖޭގައި ޤާޢިމުކުރެވިފައިވާ) ދޫކޮށްފައިވާ ސެކިއުރިޓީއަކަށެވެ. މިގޮތުން ބިޑު ކާމިޔާބު ކުރާފަރާތުން ހުށަހަޅާ  ޕަރފޯމަންސް ސެކިއުރިޓީގެ ވެލިޑިޓީގެ މުއްދަތު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން އެއްބަސްވުމުގެ މުއްދަތު ހަމާވާ ތާރީޚުގެ އިތުރުން، އިތުރު 30 ދުވަހުގެ ނިޔަލަށް ދޭންވާނެއެވެ.
  • އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މަރކްސް ލިބިގެން ފޮޓޯކޮޕީ މެޝިންތައް ސަރވިސް ކުރުމަށް ހަވާލުވާ ފަރާތުން އެއްވެސް ސަބަބަކާއި ހުރެ ސަރވިސް ނުކުރެވިއްޖެނަމަ ޖެހިގެން އެންމެ މަތީ މާކްސް ލިބޭ ފަރާތަށް މަސައްކަތް ހަވާލުކުރުމުގެ އިޚްތިޔާރު ކަސްޓަމްއަށް ލިބިގެންވެއެވެ.
  • އެވޯޑްކުރެވޭ ފަރާތުން މަސައްކަތް ހަވާލުވުމަށްފަހު އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލްކުރަން ޖެހިއްޖެނަމަ، ކަސްޓަމްސްގެ އެއްވެސް ބިޑެއްގައި ބައިވެރި ވެވޭނީ އެއްއަހަރު ވުމަށްފަހުގައެވެ.
  1. 5.      އަންދާސީހިސާބު ހުށަހެޅުން:

 

  • އަންދާސީ ހިސާބު ހުށަހަޅުއްވާނީ 02 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 10:00 އަށެވެ.
  • އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
  • އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • އަންދާސީހިސާބު ހުށަހަޅާއިރު އެކެއްގެ މަސްލަހަތުހިމެނޭނަމަ އެފަރާތަކުން ގިނަވެގެން ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.
  1. 6.      ހުށަހަޅަންޖެހޭ ތަކެތި
  • ކުންފުއްޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން.
  • ކުންފުނީގެ ސެޓްފިކެޓް ރެޖިސްޓްރޭޝަންގެ ކޮޕީ.
  • އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާ ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަންގެ ކޮޕީ.
  • o       އަންދާސީހިސާބު ހުށަހަޅާ ފަރާތުން ސްޕެއަރ ޕާޓްސް ލިބެން ހުންނަންވާނެއެވެ. އަންދާސިހިސާބު ހުށަހަޅާއިރު ސްޕެއަރ ޕާޓްސްތައް ލިބެންހުރި ކަންއެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މި ލިޔުމަކީ ތޮޝިބާ ބްރޭންޑުގެ ޖެނުއިން ޕާރޓްސް ވިއްކާ ފަރާތެއްކަން އެނގޭނެ ލިޔުމަކަށް ވާންޖެހޭނެއެވެ.
  • o       ތޮޝިބާ ބްރޭންޑްގެ ފޮޓޯކޮޕީ މެޝިން ސަރވިސް ކުރުމުގެ އޮތޮރައިޒްޑް ބައެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅާއިރު، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ކަސްޓަމްސްގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގިއްޖެނަމަ އަންދާސީ ހިސާބު ބާތިލު ކުރެވޭނެއެވެ.
  • އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުއްވުން.

 

 

ޕޮއިންޓް ދެވޭނެ ގޮތް

 

  • ހުށަހަޅާ އަގު

70%  މާރކްސް

  • ތަޖުރިބާ

30%  މާރކްސް

ޖުމްލަ

100 މާރކްސް

 

ނޯޓް: މަސައްކަތުގެ ތަޖުރިބާގެ %30 ބެހިފައިވާ ގޮތް:

 

v      މަސައްކަތް ކޮށްފައިވާ މުއްދަތު 10 މަރކްސް ( ކޮންމެ އަހަރަކަށް 2 މަރކްސް ، ގިނަވެގެން 10 މަރކްސް) އަހަރު ގުނާނީ ރަޖިސްޓްރީ ކޮށްފައިވާ ތާރީޚަށް ބަލައިގެންނެވެ.

v      މިހާތަނަށް ކޮށްނިންމާފައިވާ މަސައްކަތްތަކަށް 20 މަރކްސް (މަސައްކަތްކޮށް ނިންމާފައިވާ ކޮންމެ ޕްރޮޖެކްޓަކަށް 2 މަރކްސް، ގިނަވެގެން 20 މަރކްސް)

 

 

23 ސެޕްޓެމްބަރު 2019

23 ސެޕްޓެންބަރު 2019
ހޯދާ