މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

1440 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބެހުން 25 އަދި 26 ސެޕްޓެމްބަރ 2019 ވާ ބުދަ އަދި ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައިމުދަލު ޒަކާތް ބަހާނެ ދުވަސް ކަނޑައަޅައި އެކަމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ އެރަށެއްގެ ރަށުކައުންސިލުންނެވެ.

މާލޭގައި މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި އެވަނީއެވެ.

ތާރީޚް

ގަޑި

25 ސެޕްޓެމްބަރ 2019

09:30 – 14:30

26 ސެޕްޓެމްބަރ 2019

09:30 – 14:30

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 މުޙައްރަމް 1441ހ.

22 ސެޕްޓެމްބަރ 2019މ.

23 ސެޕްޓެންބަރު 2019
ހޯދާ