އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތު ކުރުން

މި އަތޮޅު އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)233-ADS/233/2019/19) އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު:  1019-އާރު/2019  30 މާރޗް 2019، ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީވެ މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 24 އިން 30 އަށް ރަޖިސްޓްރީވުމަށް، 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެ އެވެ.

މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި -/25,000ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓާރ) ހުށަހަޅުއްވަންވާނެ އެވެ.

ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2019 އޮކްޓޯބަރ 01 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 އޮކްޓޯބަރ 17 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

23 ސެޕްޓެންބަރު 2019
ހޯދާ