މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒު މާބްލް އޭރިއާގައި ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުން އަދި ކުނި ޖަމާކުރާނެ ތަނެއް ހެދުން

އިޢުލާން

އިސްލާމީމަރުކަޒުގެ މާބްލް ޖަހާފައިވާ ސަރަހައްދުގެ ބައެއް މަރާމާތުތައް ކޮށްދިނުމާއި، ކުނި ޖަމާކުރުމަށް ތަނެއް ހެދުން:

 

         މިމިނިސްޓްރީން ދޭ މަޢުލޫމާތާއި އެއްގޮތަށް އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި މާބްލް ޖަހާފައިވާ ސަރަހައްދުގެ ބައެއް މަރާމާތުތައްކޮށް މަރުކަޒުން އުކާލާން ޖެހޭ ކުނި ޖަމާކޮށްފައި ބަހައްޓާނެ ތަނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ،  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ޙާޟިރުވެ ބިޑްހުށަހެޅުއްވުމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

23 ސެޕްޓެމްބަރ 2019 އިން 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:45 އާއި ހަމައަށް

މަޢުލޫމާތު ސެޝަން

މިނިސްޓްރީ ގެ މީޓިންގ ރޫމް 01

25 ސެޕްޓެމްބަރ 2019 ގެ 13:30

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގ ރޫމް 01

29 ސެޕްޓެމްބަރ 2019 ގެ 11:00

        މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. ރިސެޕްޝަން ހުޅުވިފައި ހުންނާނީ ހެނދުނު 09:00 ން މެންދުރު 13:30 އަށެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

        އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ފޯނަށެވެ.

                                      24 މުޙައްރަމް 1441

23 ސެޕްޓެންބަރު 2019
ހޯދާ