ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް ޢިމާރާތްކުރުމާބެހޭ

ހައުސިންގ ޔުނިޓް ޢިމާރާތްކުރުމާބެހޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 82 ހައުސިން  ޔުނިޓް ތ. ކިނބިދޫގައި ޢިމާރާތް ކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށް ކޮޅުމަޑުލު އަތޮޅު ކައުންސިލުން ވަނީ އަންގަވާފައެވެ. އަދި މިދެންނެވި މަޝްރޫޢުގައި ހިމެނެނީ ރޯހައުސް އާއި ފުލެޓް ޢިމާރާތްކޮށްދިނުމާއި، ޢިމާރާތް ނުކުރެވިހުރި ގޯތިތަކުގައި ގެ ޢިމާރާތް ކޮށްދިނުމެވެ.

ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ޕްލޭން ކުރެވިފައިވަނީ ޔުނިޓެއްގެ ބޮޑުމިނުގައި ގާތްގަނޑަކަށް 900 އަކަފޫޓް (3 ކޮޓަރިގެ) އަދި ހައުސިން ޔުނިޓް އަޅާ ގޯތީގެ ބޮޑުމިން ގާތްގަނޑަކަށް 1400 އަކަފޫޓް ހަމަވާގޮތަށެވެ.  އަދި ގޯތީގައި ގެ ޢިމާރާތް ކުރުމަށް އެދޭ ގޯއްޗަކީ ގެ އަޅައިދިނުމަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯއްޗެއްކަމުގައި ވާންވާނެއެވެ. މިމަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ހައުސިންގް ޔުނިޓްތަކަށް ފައިސާ ދައްކައި ނިންމުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރުދުވަހެވެ.

ވިމާ މިދެންނެވި ގޮތުގެ މަތިން ގޯތީގައި ގެ ޢިމާރާތް ކުރައްވަންބޭނުންފުޅުވެލައްވާ ފަރާތްތަކާއި، އަދ މިހާތަނަށް ގޯތި ލިބިފައި ނުވާ ފަރާތްތަކުގެ ތެރެއިން ރޯހައުސް ނުވަތަ ފްލެޓް ބޭނުންފުޅުވެލައްވާ ފަރާތްތަކުން އެބޭފުޅަކު ބޭނުން ވެލައްވާ ވައްތަރެއް ބަޔާންކޮށް 26 ސެޕްޓެންބަރު  2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6780031 ނަންބަރު ފޯނާއެވެ.

24   މުޙައްރަމް   1440

23  ސެޕްޓެމްބަރ  2019

23 ސެޕްޓެންބަރު 2019
ހޯދާ