ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ – އޮޕަރޭޝަންސް ޑިޕާޓްމަންޓް

ނަންބަރު : (IUL)462-ADHR/1/2019/5

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:

 

 

 

ޑިރެކްޓަރ – އޮޕަރޭޝަންސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު

1

ކްލެސިފިކޭޝަން:

ޑިރެކްޓަރ، އީ.އެކްސް 2

އަސާސީ މުސާރަ:

9,450/-ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ 35%

ޓެކްނިކަލް އެލަވަންސް

އަސާސީ މުސާރައިގެ 35%

ޑެއިލީ ސަރވިސް އެލަވަންސް:

ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް

ފޯން އެލަވަންސް:

350/- ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު

ކޮމިޝަނުގެ އޮޕަރޭޝަންސް ޑިޕާޓްމަންޓް ހިންގައި ބެލެހެއްޓުން

މައިގަނޑު މަސައްކަތްތައް:

 

  1. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާ ކަމާއެކު ބަލައި ތަޙްޤީޤުކުރުމާއި ކޮމިޝަނުގެ ލަފާގެމަތިން މައްސަލަތަކާގުޅޭ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނަށް ހުށައެޅުމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އިބްތިދާއި މަރުހަލާގައި ދިރާސާކޮށް، ކޮމިޝަނުން ޢަމަލުކުރަން ފެންނަ ގޮތުގެ ޤާނޫނީ ލަފާ ދިނުން.
  3. ކޮމިޝަނަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  4. ކޮމިޝަނުންދޭ ލަފާގެ މަތިން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  5. ކޮމިޝަނުން ބަލާ މައްސަލަތަކުގައި އެހެނިހެން މުވައްސަސާތަކުން ހޯދަންޖެހޭ ލިޔެކިޔުން އެތަން ތަނުން ހޯދުމުގެ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން.
  6. ކޮމިޝަނުގެ މަޤްޞަދުތައް ޙާޞިލުކުރުމުގެ ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ދިރާސާ ރިޕޯޓް ތައްޔާރު ކުރުން.

 

  1. ތަޙްޤީޤުކުރުމުގައި އިންވެސްޓިގޭޓަރުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ދިނުމާއި ތަޙްޤީޤުތައް ކުރިއަށް ދަނީ އަވަސްކަމާއެކުކަން ކަށަވަރުކޮށް ކޭސް ތަކުގެ ސްޓޭޓަސް ކޮމިޝަނާ ހިއްސާ ކުރުން.
  2. ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ރައްކާތެރިކަމާއި އެކު ތަރުތީބުން ފައިލްކޮށް ބެލެހެއްޓޭކަން ކަށަވަރު ކުރުން.
  3. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ދޭންޖެހޭ ލަފާއާއި އެހީތެރިކަން ދިނުމާއިއެކު އެމުވައްޒަފުންގެ ޕަރފޮމަންސް އެޕްރެއިޒަލް ހެދުން.
  4. ތަޙްޤީޤުކުރުމާއި ގުޅޭ ޤަވާއިދުތަކާއި އުސޫލުތައް ޑްރާފްޓް ކުރުން
  5. ޤާނޫނީ ލިޔުންތައް ޑްރާފްޓް ކުރުން
  6. ކޮމިޝަނުގެ ފަރާތުން ޝަރުޢީ ކޯޓެއްގައި ނުވަތަ އެހެންވެސް އެފަދަ މުއައްސަސާއެއްގައި، ވަކާލާތުކުރަން ޖެހޭ ޙާލަތުގައި އެމައްސަލައެއްގައި ކޮމިޝަނުގެ ދިފާޢުގައި ވަކާލާތުކުރުމުގެ   ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

  1. ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. ނުވަތަ
  2. ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 6 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
  2.  ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ލިޔުންތައް ހުށަހެޅުމުގެ ސުންގަޑި:

 

 

 

 

 

 

 

 

 

  1. މިމަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 ސެޕްޓެންބަރު 29 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވުން އެދެމެވެ.
  2. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.

އިންޓަވިއު/ ޕްރެސެންޓޭޝަން

  1. މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

އިތުރު މަޢުލޫމާތު:

  1. މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެއެވެ.
  3. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

 

   18 ސެޕްޓެމްބަރ 2019           

19 ސެޕްޓެންބަރު 2019
ހޯދާ