ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކޮމިޓީ

ނަންބަރު:Q10C-A/2019/12

 

އިޢުލާން

      

      މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި މިކޯޓުގައި އެކުލަވާލެވިފައިވާ އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  • މަސައްކަތް: މިކޯޓުގައި ހިނގާ މައްސަލަތަކާއި ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.
  • މަސައްކަތުގެ އުޖޫރަ: އަގުކުރުމުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ.
  • ޝަރުޠު:- ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރި ފަރާތެއްކަމުގައިވުން.

         ވީމާ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައިޑީކާރޑްގެ ކޮޕީއާއިއެކު ވަނަވަރު 2019 އޮކްޓޯބަރ 03 ވަނަ ދުވަހުގެ 13:00 ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

            1331     A  24

23  ސެޕްޓެމްބަރ 2019

23 ސެޕްޓެންބަރު 2019
ހޯދާ