މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

`  

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

         އުނގޫފާރު، ދިވެހިރާއްޖެ                                  

                                                                    ނަންބަރ: IUL)303-AS/303/2019/62)

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

އުނގޫފާރު ރައްޔިތުންގެ ތެޔޮފިހާރަ / މާޅޮސްމަޑުލުއުތުރުބުރި އުނގޫފާރު ކައުންސިލް އިދާރާ

މުސާރަ

4465.00 ރުފިޔާ

ސަރވިސް އެލެވަންސް

މުސާރައިގެ %30 އަށްވާ ފައިސާ

ހާޒިރީ އެލެވަންސް

މުސާރައިގެ %20 އަށްވާ ފައިސާ

އިތުރު އިނާޔަތްތައް

  1. މުސާރައިގެ %50 އަށްވާ އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. ރައްޔިތުންގެ ވިޔަފާރިއަށް މުދާ ގެނައުމާއި ގެންނަ މުދާ އަގުހަދާ ވިއްކުން
  2. ޕެޓްރޯލް ޑީސަލް ހުސްވުމުގެ ކުރިން ތެޔޮ ސަޕްލައި ކޮށްދޭ ފަރާތާއި ގުޅާ ތެޔޮ ގެނައުން
  3. ރައްޔިތުންގެ ވިޔަފާރިއަށް ގެންނަ މުދަލުގެ ބިލްތައް މާލިއްޔަތު ޤަވައިދާއި އެއްގޮތަށް ނިންމާ ފައިލްކޮށް ބެލެހެއްޓުން
  4. ކޮންމެ މަހެއްގެ ރިޕޯޓް ޖެހިގެން އަންނަ މަހުގެ 10 ގެ ކުރިން ކައުންސިލަށް ހުށަހެޅުން
  5. ކޮންމެ މަހެއްގެ 10 ގެ ކުރިން ފައިސާ ނުލިބިވާ ބިލްތަކުގެ ތަފްސީލް ހަދާ، ފައިސާ ހޯދުމަށް މަސައްކަތް ކުރުން އަދި ކައުންސިލަށް ހުށަހެޅުން
  6. ރައްޔިތުންގެ ވިޔަފާރިއަށް ގެންނަ މުދަލާއި ތެލުގެ ސްޓޮކް ބެލެހެއްޓުން
  7. ކޮންމެ 6 މަހަކުން އެއްފަހަރު ޓޭންކް ތަކުގައި ދަވާދުލުން
  8. ވިޔަފާރިއަށް ލިބޭ ފައިސާ ބޭންކް އޮފް މޯލްޑިވްސް އުނގޫފާރު ބުރާންޗަށް ޖަމާކުރުމަށްފަހު ކައުންސިލަށް ސްލިޕް ގެނައުން
  9. ރައްޔިތުންގެ ވިޔަފާރިގެ އިން އެއްބަސްވުމަކާއި ނުލާ ކްރެޑިޓަށް މުދާ ދޫނުކުރުން. އެގޮތަށް ދޫކުރާ މުދަލަށް ޒިންމާވާނީ މުދާ ދޫކުރާ ފަރާތުންނެވެ.
  10. ރައްޔިތުންގެ ވިޔަފާރިގެ މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް ކޮންމެ މަހެއްގެ 20ގެ ކުރިން ކައުންސިލަށް ގެނައުން
  11. މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
  12. މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން
  13. މުވައްޒަފުންގެ އެޕްރައިޒަލްއާއި ޓާގެޓް ތައްޔާރުކޮށް 6 މަހުން 6 މަހުން ކައުންސިލަށް ހުށަހެޅުން
  14. ރައްޔިތުންގެ ވިޔަފާރިގެ ޕިކަޕުން ކުރާ ދަތުރުތަކުގެ ބިލް ތައްޔާރުކޮށް ފައިސާ ހޯދުން
  15. ރަށުގެ ތަރައްޤީއަށް މިއިދާރާ އިސްނަގައިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުތުތައް

  • މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއިއެކު އޭގެއިތުރުން ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް އުނގޫފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

  1. ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 06 އޮކްޓޯބަރ 2019 އާއި 10 އޮކްޓޯބަރ 2019 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580118 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

  23  މުޙައްރަމް  1441

   22  ސެޕްޓެމްބަރ  2019

 

22 ސެޕްޓެންބަރު 2019
ހޯދާ