ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކުރަންހުރި މަރާމާތުތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 އިޢުލާން

މިހޮސްޕިޓަލްގައި ކުރަންހުރި މަރާމާތުތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް22 ސެޕްޓެމްބަރ2019 ވާ އާދިއްތަދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މިހޮސްޕިޓަލްގެ އޮފީހަށް ނުވަތަ މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި 24 ސެޕްޓެމްބަރ 2019 ވާ އަންގާރަދުވަހު ހެނދުނު09:00 ގައި ޕްރީބިޑް ސެޝަންއެއް މިހޮސްޕިޓަލާއި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު09:00ގައި މިހޮސްޕިޓަލާއި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

19 ސެޕްޓެންބަރު 2019
ހޯދާ