އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯތިތަކުގައި ހައުސިންގ ޔުނިޓް ޢިމާރާތް ކޮށްދިނުމާއި ގުޅޭ:

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދުގައި ހިމެނޭ ބައިތަކުގެ ތެރެއިން ހައުސިންގ ޔުނިޓް އެޅުމަށް ހިންގާ މަޝްރޫޢުގެ ދަށުން އއ.އުކުޅަހުގައި 114 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ދިރިއުޅުމަށް ގެ އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. އެހެންކަމުން، ގޯތީގައި ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް މި އިދާރާގެ ވެބްސައިޓް   www.ukulhascouncil.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ފޯމް ދޫކުރަމުން ދާނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާއި ބެހޭ އުސޫލު މި އިދާރާގެ ވެބްސައިޓާއި ނޯޓިސް ބޯޑުގައި އާންމުކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 7943727 ނަންބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ހޯދެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ.

18 ސެޕްޓެންބަރު 2019
ހޯދާ