މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                       ނަންބަރ: MTCC-HRAD/IU/2019/158­ 

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

އިންޓާނަލް އޮޑިޓް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

އިންޓަރނަލް އޮޑިޓް އޮފިސަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު(

މުސާރަ:        

  • -/8100ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
    • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

އެޑިޔުކޭޝަނަލް އެލަވަންސް:

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ : 1320/-
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާނަމަ : 2640/-

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް / ހ. ސޯމިލް

ޝަރުޠު                 

  • ޑިޕްލޮމާ އިން އެކައުންޓިން, އޮޑިޓިންގ, ނުވަތަ މިފަދަ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުންެ.
  • އޭ.ސީ.ސީ.އޭ ފުލް/ޕާރޓް ޕްރޮފެޝަނަލް އެކައުންޓިންގ ސަނަދުތައް ފުރިހަމަކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • އިންޓާނަލް އޮޑިޓްގެ މަސަތްކަތްތައް ރޭވުމާއި އިންތިޒާމްކުރުމާއި މޮނިޓަރ ކުރުމުގައި އެހީތެރިވެދިނުން.
  • މެނޭޖްމަންޓާއި ގުޅިގެން އޮޑިޓް ޕޮލޭންތައް އެކުލަވާލުމާއި މަސައްކަތްތައް ރޭވުމާއި ޝެޑިއުލްތައް އެކުލަވާލުމާއި މަސައްކަތްތަކުގެ ފެންވަރު ބެލޭނެ ނިޒާމެއް ކަނޑައެޅުމާއި މަސައްކަތްތައް ޕްލޭނާއި އެއްގޮތަށް ކުރިޔަށް ދޭތޯބެލުން.
  • ރިސްކް ބޭސްޑް އޮޑިޓް ޕްލޭނެއް އެކުލަވާލައި، އޮޑިޓްކޮށް އެއާއި ގުޅޭ ރިޕޯރޓްތައް ތައްޔާރުކުރުން.
  • އިންޓާނަލް އޮޑިޓްގެ އެންމެހައި މަސައްކަތްތައް ކުރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ ދިރާސާތަކާއި ފޮލިސީތައް ދެމެހެއްޓުމައްޓަކައި ނަގަންޖެހޭ ފިޔަވަޅުތަކުގެ ރިޕޯޓްތައް ތައްޔާރުކުރުން. އަދި އޮޑިޓިންގެ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

ޓްރޭޑިންގ ޑިޕާރޓްމަންޓަށް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

ސީނިއަރ މެރިން މެކޭނިކް 

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރަ:        

  • -/11420ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް ލިބިދެވޭނެއެވެ.
    • ޕެންޝަން ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

ޝަރުޠު                 

  • ޑިޕްލޮމާ އިން އިންޖިނިއަރިންގ ހަދާފައި ވުމާއެކު، އިންޖީން މަރާމާތުކުރުމުގެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާރޓްމަންޓަށް ބޭނުންވާ މަރާމާތުގެ އެންމެހާ މަސައްކަތްކުރުމާއި ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.

މަޤާމް:

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރަ:        

  • -/9420ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

އެޑިޔުކޭޝަނަލް އެލަވަންސް:

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ : 1320/-
    • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާނަމަ : 2640/-

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ކަށަވަރު

ޝަރުޠު                 

  • ޑިގްރީ އިން އެކައުންޓިންގ ނުވަތަ މިމަޤާމާއި ގުޅޭދާއިރާއަކުން ޑިގްރީއެއް  ހާސިލްކޮއްފައިވުން ނުވަތަ
  • ޑިޕްލޮމާ އިން އެކައުންޓިންގ ނުވަތަ މިމަޤާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާއެއް  ހާސިލްކޮއްފައިވުމާއިއެކު މި ދާއިރާއިން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާޓަމަންޓްގެ އާފްޓަރ ސޭލްސް ޓީމާއި ގުޅިގެން ސޭލްސްތަކުގެ އެކައުންޓްސް ރެކޯރޑްސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ދުވަހުން ދުވަހަށް ސޭލްސް ރިޕޯޓް ތައްޔާރުކުރުމާއި އެއާއިގުޅޭ އެންމެހައި ކަންތައްކުރުން.
  • ޑިޕާރޓްމަންޓްގެ ޕެޓީކޭޝް އާއި އެޑްވާންސް ބެލެހެއްޓުން.
  • ޑިޕާޓްމަންޓްގެ އެކައުންޓްސް އާއި ގުޅޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓަށް ބޭނުންވާ މަގާމުތައް

މަޤާމް:

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ހ. ދ ކުޅުދުއްފުށި)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރަ:        

  • -/7600ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
    • ·         ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ހދ. ކުޅުދުއްފުށި

ޝަރުޠު                 

  • ·         ޖީސީއީ އޯ ލެވެލް އިމްތިހާނުގެ މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން.
  • ·         މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ·         ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ·         ކުޅުދުއްފުށި ސައިޓްގެ އެންމެހާ އިދާރީ މަސައްކަތްކުރުން އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯރޓް ތައްޔާރުކުރުން.

މަޤާމް:

އެސިސްޓަންޓް ސައިޓް އޮފިސަރ (ޕްރޮޖެކްޓް ސައިޓް)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް:

  • މަހަކު -/7600
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ހުރުމާއި ކެއުން ތިލަފުށީގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޕްރޮޖެކްޓް ސައިޓް

ޝަރުޠު                 

  • ޖީ.ސީ.އީ އޯ. ލެވެލް )03 މާއްދާއިން ފާސްވެފައިވުން)
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.
  • މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާލިބިފައިވާ  ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާޓްމަންޓްގެ ކެޕިޓަލް އެސެޓް ބެލެހެއްޓުމާއި އެސެޓް މެނޭޖްމަންޓް ރިޕޯޓް ތައްޔާރުކުރުން.
  • އެސެޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ޢުސޫލުތަކާއި އެސެޓް ނީޑް އެސެސްމަންޓާއި، އެކުއިޒިޝަން މެނޭޖްމަންޓާއި ޑިސްޕޯސަލް ޕްލޭންތައް  އެކުލަވާލުމާއި ދެމެހެއްޓޭނެ އިޒާމެއް އެކުލަވައިލުމުގައި އެހީތެރިވެދިނުމާއި އެ ޕްލޭންތަކާއި އެއްގޮތަށް މަސައްކަތް ކުރިޔަށް އެންދިޔުން.
  • ކުންފުނީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ސައިޓްތަކަށް ފޮނުވުމަށް އެހީތެރިވެދިނުން.
  • ޑިޕާޓްމަންޓްގެ ސައިޓްތަކުގައި ބޭނުންކުރާ އެސެޓް ތަކާއި ސްޕެއަރތައް ޓްރެކް ކުރުމާއި އެކަންތައް ކުރާނެ ނިޒާމެއް އެކުލަވައިލުން.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 26 ސެޕްޓެމްބަރ 2019 ން 03 އޮކްޓޯބަރ 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001100/ 3001149 / 3001139 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

19 ސެޕްޓެމްބަރ 2019

19 ސެޕްޓެންބަރު 2019
ހޯދާ