ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާއި، ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓު ގުޅިގެން، ޕާޓްނަރއެއްގެ ގޮތުގައި ފެމިލީ ލީގަލް ކްލިނިކް ވެސް ހިމަނައިގެން، 2019 ސެޕްޓެމްބަރ 27 އިން 2019 ސެޕްޓެމްބަރ 30 އަށް "ފެމިލީ ޖަސްޓިސް ސިމްޕޯޒިއަމް" ގެ ނަމުގައި ކުރިޔަށް ރާވަފައިވާ ސިމްޕޯޒިއަމް ބަނޑޮސް އައިލެންޑް ރިޒޯޓުގައި ބޭއްވުމައްވަނީ ހަމަޖެހިފައެވެ. ވީމާ، މި ދުވަސްތަކުގައި މާލެ އާއި ބަނޑޮހާއި ދެމެދު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2019 ސެޕްޓެމްބަރ 23 ވާ ހޯމަ ދުވަހުގެ 14:00 ކުރިން 3340871 / 3340870 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

          ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ 09:00 އަށް  އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

 މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19  މުޙައްރަމް  1441

18 ސެޕްޓެމްބަރ 2019

18 ސެޕްޓެންބަރު 2019
ހޯދާ