މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޮނިއުމަންޓް ކުރެހުމެއް ތައްޔާރު ކުރުމާއިބެހޭ

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫއަކީ، އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ މައުރަޟްތަކުން ރަންވަނަތަކެއް ޙާޞިލްކޮށްފައިވާ، މަސައްކަތްތެރި ހީވާގި ރައްޔިތަކު ދިރިއުޅެމުންގެންދާ ރަށެކެވެ. އެހެންކަމުން ރަށުގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަޑު މަސައްކަތްތައް ދައްކުވައިދޭ މޮނިއުމެންޓެއް ފަރުމާކުރުމަށް ބޭނުންވެއެވެ. މި މޮނިއުމަންޓުން ތުޅާދޫއަށް ޚާއްޞަ ލިޔެލާޖެހުމާ، ލާފެންކުރުމާ އަރިއަށް ލިޔުމާ، އަދި ތުޅާދޫގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަޑުމަސައްކަތް، މަސްވެރިކަމާއި މަސައްކަތްތެރިކަން ރަމްޒުކޮށްދޭން ވާނެއެވެ.  މީގެ އިތުރުން ފަރުމާކުރި މޮނިއުމެންޓުގެ އެކިއެކި ބައިތައް މާނަކުރާގޮތް ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައި މޮނިއުމެންޓު ގެ ކުރެހުމާއެކު ހުށަހަޅަންވާނެއެވެ.

 

  • ރަށުގެ ނަން: (ދިވެހި،އިގިރޭސި ދެބަހުން) މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ
  • މައިގަޑު ކުލަ: ރެޑް، ބުލެކް، ގޯލްޑް އަދި ޔެލޯ

          

ވީމާ، މޮނިއުމެންޓް ފަރުމާކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން 2019 އޮކްޓޯބަރ 03 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ތައްޔާރުކުރެވިފައިވާ މޮނިއުމެންޓުގެ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ވެސް ބަލައި ގަނެވޭނެ ވާހަކަ ދަންނަވަމެވެ. ސޮފްޓް ފޮނުއްވާނަމަ މި އިދާރާގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި މޮނިއުމެންޓު ފަރުމާކުރުމުން 01 ވަނަ އަށްދާ ފަރާތަށް ރަމްޒީ ހަދިޔާއެއްގެ ގޮތުގައި 1000.00 (އެންހާސް ރުފިޔާ) ދެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ސެޕްޓެންބަރު 2019
ހޯދާ