މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ނެރުބައްތި

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީ އަށް 100 ނެރުބައްތި ގަންނަން ބޭނުންވެގެން، 2019 މޭ 02 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަމްބަރ  (IUL)202-A/1/2019/37އާއިގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތުގެ ތެރެއިން މިއޮތޯރިޓީ އިން ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ބިޑްހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ނެރުބައްތި މިއޮތޯރިޓީއަށް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުންފެށިގެން މައުލޫމާތު ހޯއްދެވުން އެދެމެވެ. މައުލޫމާތު ޝީޓް މިއޮތޯރިޓީގެ ކައުންޓަރުންނާއި، ވެބްސައިޓުން ލިބެންހުންނާނެއެވެ. ޕްރީބިޑްމީޓިންގް އޮންނާނީ 23 ސެޕްޓެމްބަރު 2019 ވާ ހޯމަ ދުވަހުގެ 10:00 ގައި އެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހު 10:00 ގައި މިއޮތޯރިޓީގައެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިގަތުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

 

                     18 މުޙައްރަމް 1441     

                    17 ސެޕްޓެމްބަރު 2019  

17 ސެޕްޓެންބަރު 2019
ހޯދާ