ދިވެހިރާއްޖެ
ނަމްބަރ: (IUL)382/382/2019/70
އިޢުލާން
ބުރުނީގެ މިސްކިތްތަކުގައި ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: މަސައްކަތު
މަޤާމުގެ ނަންބަރު:J-308928
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން: ތ. ބުރުނީ މިސްކިތް ތަކުގައި
މުސާރަ: މަހަކު -/3100ރ، (ތިންހާސް އެއްސަތޭކަ ރުފިޔާ)
ސަރވިސް އެލެވަންސް: މަހަކު -/1000ރ، (އެއްހާސް ރުފިޔާ)
ސަޕޯޓިން ކޯ އެލަވަންސް: މަހަކު -/1200ރ، (ބާރަސަތޭކަ ރުފިޔާ)
އިތުރު ޢިނާޔަތްތައް: 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
1.ކޮންމެ ފަރުޟު އަދި ސުންނަތް ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި (އޭސީ ނުކުރާ މިސްކިތް)، ލައިޓްތައް ދިއްލުމާއި، ފަންކާތައް ޖެހުން (އޭސީ ނުކުރާ މިސްކިތް). އަދި ނަމާދުގެ ޖަމާޢަތް ނިމުމުން މީހުންނެތް ދިމާލުގައި ޖަހާފައިހުންނަ ފަންކާއާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވާލުމާއި ދޮރުތައް ލެއްޕުން.
- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިންނާއި 15 ފަހުން މިސްކިތް ފޮޅާ ސާފްކުރުމާއި ވަޅުދޮށާއި ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާތައް ރަނގަޅަށް ސާފްކުރުން
- މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތަކާއި އޭސީތަކާއި ދިއްލުންތައް ހަފްތާއަކު 1 ފަހަރު ފޮޅާ ސާފްކުރުން
- މިސްކިތުގައި ޖަހާފައިވާ ދިއްލުމެއް އަނދައިފިނަމަ ލަސްނުކޮށް އެދިއްލުމެއް ނަގައި އައު ދިއްލުމެއް ހަރުކުރުން
- ކޮންމެ ދުވަހަކު ވެސް އިރު އޮއްސުމުގެ ކުރިން މިސްކިތުގައި ކޮންމެހެން ދިއްލަންޖެހޭ ލައިޓްތައް ދިއްލުމާއި، އިރުއެރުމަށްފަހު ކޮންމެހެން ނިންވަންޖެހޭ ލައިޓްތައް ނިންވުން.
- މިސްކިތުގައާއި މަގުފާރުގައި އުނގުޅިފައި ހުންނަ ހަޑިތަކެތި ފެންޖަހައި ދުވަހުން ދުވަހަށް ސާފްކުރުން
- މިސްކިތާއި ވުލޫކުރާ އިސްކުރުބަރީގައި ހޯނުފަދަ ދިރޭ ތަކެތި އުޅޭ ނަމަ އެތަކެތި އޮތްތަނަކުން ބޭރުކުރުން.
- މިސްކިތުގައި ބިއްލޫރިން ދޮރުތައް ހަދާފައިވާނަމަ އެދޮރުތައް ވިންޑޯސް ކްލީން ލައިގެން ހަފްތާއަކު 1 ފަހަރު ދޮވެ ސާފް ކުރުން އަދި ބިއްލޫރި ނުލައްވާ ދޮރުތަކާއި ތޭރިތައްވެސް ހަފްތާއަކު 1 ފަހަރު ފޮހެ ސާފް ކުރުން
- ފުރާޅުގެ މައްޗާއި ދިޔަދޮވި ތެރެއަށް އެއްޗެއް ވެއްޓިފައިވޭތޯ ބަލައި ފުރާޅާއި ދިޔަދޮވި ސާފްކުރުން.
- މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޙާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދާފެންދީބެލެހެއްޓުމާއި،އަދިގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކި ބާވަތްތަކުގެ ގަސްތައް ރީތިކޮށް ކޮށުމާއި ވިނަތައް ނޮޅައި ސާފުކޮށް ބެލެހެއްޓުން.
- ވުޞޫކުރާ އިސްކުރުބަރިއާއި ފާޚާނާގެތެރޭގައި ހަރުކޮށްފައިވާ އިސްކުރުން ފެންލީކްވޭތޯބަލައި ފެންލީކްވާނަމަ އެއިސްކުރު ބަދަލު ކުރުމާއި، މޯޓަރުން ފެން ލީކްވޭތޯ ބަލައި އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން.
- މިސްކިތުގެ ހިފާގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މިސްކިތުގައި ބޭއްވުމަށް އިންތިޒާމް ކުރާ ދީނީ ނަސޭޙަތްދިނުމަށް ތައްޔާރު ކުރަންޖެހޭ ކަންކަން ކުރުން
- ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކުން.
- މިސްކިތުގެ ވަޅު ހަޑިވުމުން ވަޅުދިޔަހިއްކާ ސާފުކުރުން
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު ސްޕަވައިޒަރު މެދުވެރިކޮށް ކައުންސިލް އިދާރާއަށްއަންގަމުންގެންދިއުމުގެއިތުރުންމިސްކިތުގައި ކުރަންޖެހޭ ކުދި ކުދި މަރާމާތުތައް ކުރުން
- މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ނުވަތަ އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލެއް މިސްކިތުގެ ސަރަޙައްދުގެ ތެރޭގައި ނުކުރުން.
- އޮފީހުގެ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރެވޭ އެކިއެކި ކަންތައްތަކުގައި ބައިވެރިވުން އަދި ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން
- މިސްކިތް ބެލެހެއްޓުމާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްކުރުން
- ވަޒީފާގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން އެނގުން
(ނޯޓް: ލިޔަންކިޔަން އެނގޭކަމަށް ބެލެވޭނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް، އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާއެއްގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާ ތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 19 ފެބުރުވަރީ 2019 ގައިވާ ގޮތުގެމަތިން ތިރީގައިމިވާ ކަންތައްތަކަށެވެ.
ދާއިރާ |
ބެލޭނެ ބައިތައް |
މާކްސް |
އިންސައްތަ |
ކެޓެގަރީގެ އިންސައްތަ |
|
||||
ތަޢުލީމާއި ތަމްރީން |
ލިބިފައިވާ ތަޢުލީމު |
25 |
21 |
26 |
|
||||
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން |
30
|
5 |
|
||||||
މަސައްކަތުގެ ތަޖުރިބާ |
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |
30 |
26 |
26 |
|
||||
ލިބިފައިވާ ހުނަރު |
އިންޓަރވިއު / ޕްރެކްޓިކަލްސް |
100 |
48 |
48 |
|
||||
|
ޖުމްލަ |
185 |
100 |
100 |
|||||
ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %35 (ތިރީސް ފަހެއް އިންސައްތަ) ލިބިގެންނެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ސެޕްޓެންބަރު 26 ވަނަދުވަހުގެ 12:00 ގެ ކުރިން، މިއިދާރާ (ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް އިތުރު ފުރުސަތު ދެވޭނެއެވެ.
(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކުކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 އޮކްޓޫބަރު 2019 އިން 06 އޮކްޓޫބަރު 2019 އާއި ދެމެދުގެ ދުވަހެއްގައި، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ ގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިބުމަށް ދެންނެވީމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780038 އަށެވެ. އަދި އީމެއިލް ކުރާނީ [email protected] މެއިލް އަށެވެ.
18 މުޙައްރަމް 1441
17 ސެޕްޓެންބަރު 2019