ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަންފަރު ފެނުގެ ނިޒާމު ޤާޢިމުކުރުމުގެ މަޝްރޫއާއި ގޫޅޭ

ސުރުޚީގައި ދެއްނެވިފައިވާ މަޝްރޫޢުގެދަށުން ގޭގެއަށް މީޓަރު ގުޅުމުގެ މަސައްކަތް ކުރުމަށް

ހަމަޖެހިފައިވަނީ ގޭގެވެރިފަރާތުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށައެޅުމުންކަމުގައި މިނިސްޓްރީއޮފް އެންވަޔަރމަންޓުންވަނީ އަންގަވާފައެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ތާރީޚަކީ 25 އޮކްޓޯބަރ 2019 ކަމުގައި އެމިނިސްޓްރީންވަނީ އަންގަވާފައެވެ. މިމުއްދަތުގެ ފަހުން ފޯމު ހުށައަޅާ ގޭގެއަށް މީޓަރު ގުޅައިދެވޭނީ މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން އެ ނިޒާމު ހިންގާ ބެލެހެއްޓުމަށްޓަކައި ޙަވާލުކުރެވޭ ފަރާތުން ކަނޑައަޅާ އުޞޫލެއްގެ މަތިން ފީއެއް  ނަގައިގެން ކަމުގާވެސްވަނީ އަންގަވާފައެވެ.

ވީމާ، މިމަޝްރޫޢުގެދަށުން މީޓަރު ގުޅުމުގެ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަންފޯމް

ފުރުމަށްފަހު 22 އޮކްޓޯބަރ 2019 ވަނަދުވަހުގެ 12.00 ގެކުރިން މިއިދާރާއަށް ފޯމްހުށައެޅުންވުންއެދެމެވެ. އެޕްލިކޭޝަންފޯމް މިއިދާރާއިންނާ، މަޝްރޫޢުގެ ކޮންޓްރެޓަރުގެ އޮފީހުންލިބެންހުންނާނެއެވެ. ޚިދުމަތައްއެދޭ އެޕްލިކޭޝަން ފޯމާއެކު މިދައްނަވާލިޔެކިޔުންތައް ހުށައެޅުންވުންއެދެމެވެ.

v      ގޭގެވެރިފަރާތުގެ މުއްދަތުހަމަނުވާ އައިޑީކާޑުގެކޮޕީ

v      ގޭގެރަޖިސްޓްރީގެ ކޮޕީ

v      ވިޔާފާރިއުޞޫލުން ހިންގާތަންތަނުގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ

 

              

މިހެންވެ މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

10 ސެޕްޓެންބަރު 2019
ހޯދާ