ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީގައި ހުރި މަސްމާރުކޭޓު ކުއްޔަށް ހިފާނެފަރާތެއް ހޯދުން

މިރަށު މަސްމާރުކޭޓު އިމާރާތް ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)383/383/2019/51 (22  އޮގަސްޓް 2019 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ މަސްމާރުކޭޓު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް  އިޢުލާނުކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ. މަސްމާރުކޭޓު ކުއްޔަށްދިނުމާގުޅޭ ބީލަންކަރުދާސް 2019 ސެޕްޓެމްބަރ 18 ވާ ބުދަ ދުވަހުގެ 09:30 ން ފެށިގެން 2019 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަންކަރުދާހުގެ އަގަކީ -/150 (ސަތޭކަ ފަންސާސް ރުފިޔާ)އެވެ.

ޕްރޮޕޯސަލް ބަލައިގަތުމާއި، ޕްރޮޕޯސަލް ކެނޑުން އޮންނާނީ 2019 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންކަރުދާސް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަންކަރުދާސް ބައްލަވައިގަތުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ބީލަންކަރުދާސް ބައްލަވައިގަންނަވާނަމަ  އެ ލީގަލް ބޮޑީއެއްގެ ރަޖިސްޓްރީ ކޮޕީއާއި ލެޓަރހެޑްގައި ހުށަހެޅޭ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ކޮންމެ ފަރާތެއްގެ ނަމުގައި ނެންގެވޭނީ އެއްބީލަންކަރުދާހެވެ.

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2019
ހޯދާ