ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު- ޗީފް އެގްޒެކެޓިވް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

މިއީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ 8 (ށ) (2) ގެ ދަށުން މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޢައްޔަނުކުރާނެ ފަރާތެއް ހޯދުމަށްކުރާ އިޢުލާނެކެވެ.

މަޤާމް: ޗީފް އެގްޒެކެޓިވް އޮފިސަރ

ބޭނުންވާ އަދަދު : 01 (އެކެއް)

އަސާސީ މުސާރަ މަހަކު :   25,000–30,000 ރުފިޔާ

ފިކްސްޑް އެލަވަންސް މަހަކު: 12,000 ރުފިޔާ

ބޯޑު އެލަވަންސް މަހަކު:    10,000ރުފިޔާ

 

މަޤާމުގެ ޝަރުޠު:

 

މި މަޤާމަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގައި މަދުވެގެން ތިރީގައިވާ ޝަރުޠު ފުރިހަމަ ވާންވާނެއެވެ.

 

-          އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (މި ތަޖުރިބާ ވާންވާނީ ސީނިއަރ މެނޭޖްމަންޓް ފެންވަރުގެ ނިންމުންތައް ނިންމާ ލެވެލްގެ ތަޖުރިބާއަށް).

 

މަޤާމުގެ މަސްއޫލިއްޔަތު:

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

  

ހުށަހަޅަންޖެހޭ ލިޔުންތައް:

-          އެޕްލިކޭޝަން ފޯމު

-          ކަރިކިއުލަމް ވިޓާ (ސީވީ)

-          ފިޓް އެންޑް ޕްރޮޕަރ ޑިކްލަރޭޝަން ފޯމް

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-          އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ

-          އަދާކޮށްފައިވާ ވަޒީފާތަކުގެ މަސްއޫލިއްޔަތު އެނގޭ ރިފަރެންސް ލެޓަރތައް

-          ރިކޮމެންޑޭޝަން ލެޓަރސް (އޮޕްޝަނަލް)

ނޯޓު:

 

-          އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-          މިމަޤާމަށް ނޮމިނޭޓްކުރާނީ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާ އާއި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަކެވެ. އަދި މި މަޤާމަށް ނޮމިނޭޓްކުރާ ފަރާތްތަކުގެ ވޭތުވެދިޔަ 10 އަހަރުގެ ކުށުގެ ރިކޯޑު ބެލޭނެއެވެ.

 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން  23 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، ފިޓް އެންޑް ޕްރޮޕަރ ޑިކްލެރޭޝަން ފޯމް އަދި ޓާރމްސް އޮފް ރިފަރެންސް މިއޮތޯރިޓީގެ ވެބްސައިޓުގެ  https://bit.ly/2kOOr3d މި ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.

 

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު/ މާލެ، ދިވެހިރާއްޖެ

ފޯނު: 3014104, 3336619

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

                              17 މުޙައްރަމް   1441                           

16 ސެޕްޓެންބަރު 2019

16 ސެޕްޓެންބަރު 2019
ހޯދާ