މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ އިމާރާތްހުރި ބިން އަގުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީގެ އިމާރާތްހުރި ބިން، އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑްސް އާ އެއްގޮތްވާ ގޮތުގެ މަތީން އަގުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއެވެ.  

 

މި މަސައްކަތުގެ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2019 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ.  

 

ބިޑު ހުށަހެޅުން:

ބިޑު ހުށަހެޅުން އޮންނާނީ 26 ސެޕްޓެންބަރު 2019 ވަނަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީގައެވެ. މި ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތަށް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

15 ސެޕްޓެންބަރު 2019
ހޯދާ