މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް (ސާމްޕްލަރ) އެއް ހޯދަން ބޭނުންވެއްޖެ

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤީ ކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުން، ތިރީގައި ބަޔާން ކުރެވިފައިވާ  މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކުރަމަށް ޝައުގެވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:             2 ދޭއް

މުއްދަތު:                މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2 އަހަރުދުވަސް

މަސައްކަތުގެ އުޖޫރަ:            މަސައްކަތްކުރާ ކޮންމެ މަހަކަށް 4000/- ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:         ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނީގައި

ކުރަންޖެހޭ މަސައްކަތް:

  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރު ތަކުގައި ބާނާ މަހުގެ ގާތްގަނޑަކަށް %20 މަހުގެ ދިގުމިން ނެގުން. މި މަޢުލޫމާތު ނަގާނީ ކޮންމެ ދަތުރެއްގައި ބާނާ މަހުގެ ޖުމްލަ އަދަދުން %20 އަށް ވާ މަހުގައެވެ.
  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގެ އެހެނިހެން މަޢުލޫމާތު ނެގުން. މީގެ ތެރޭގައި، މަހުގެ ބަރުދަން އަދި އެންވެރިކަމާއި ގުޅޭ މަޢުލޫމާތު ފަދަ މަޢުލޫމާތު ހިމެނޭނެއެވެ.
  • ބޭނުންވެއްޖެ ހިނދެއްގައި މަސްވެރިކަމާ ގުޅޭ އެހެނިހެން މަޢުލޫމާތު ނެގުން.

މަސައްކަތްކުރާ ފަރާތުގެ ޝަރުތު:

  • މިކަމަށް އެދި ހުށައަޅާ ފަރާތަކީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ، ގަވާއިދުން މަހަށްދާ މަސްވެރިއަކަށް ވާންވާނެއެވެ.
  • ގްރޭޑް 10 އެއް ނިންމާފައިވާ ނުވަތަ އެއަށްވުރެ މަތީ ސަނަދުތައް ހުރި ފަރާތްތަކަށްވާން ވާނެއެވެ.

މިމަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން މިނިސްޓްރީގެ ޕްރޮޖެކްޓް ތަކުގައި އެހީތެރިވެދީފައިވާ އަދި މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މި މިނިސްޓްރީއަށް މަތީގައިވާ ލިޔުންތައް ހުށަހެޅުމަށް ދެންނެވީމެވެ.

ނޯޓް:

  • މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322328  ފޯނާއި ގުޅުއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2019
ހޯދާ