މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މިއިދާރާގެ ނަންބަރު (IUL)321-A/321/2019/105 އިޢުލާނުގައިވާ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް އެމަޤާމަށް ޝަރުޠު ހަމަ ނުވާތީ، އަލުން އެ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.

 

މަޤާމް:

މަޤާމް:

މަޤާމް ނަންބަރު:

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޕްލޭނިންގެ އޮފިސަރ

J-312042

01

ކޮންޓްރެކްޓް (ވަގުތީ)

ޖީ.އެސް.4

 

މަޤާމުގެ ކްލެސިފިކޭޝަން:

މަޤާމުގެ މުއްދަތު:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 02  

 

އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 25 ޖުލައި 2021 ގެ ނިޔަލަށް

 ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

 މަޤާމް އޮތް އޮފީސް:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 

މަހަކު 5،020.00 (ފަސްހާސް ވިހި ރުފިޔާ )

 ސަރވިސް އެލެވަންސް:

މަހަކު 1،500.00 (ފަނަރަސަތޭކަ ރުފިޔާ)

 އިތުރު ޢިނާޔަތްތައް:
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
 މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
  1. ރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން
  2. ރަށުގެ ތަރައްޤީގެ ޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެއަހަރަކު ހިންގާނެ ޙަރަކާތްތައް ކަނޑައަޅާ އެކަން ހިންގާ ނުހިނގާގޮތް ބެލުން
  3. ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެތެރެއިން ރަށުކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް  ސެކްޝަން ހެޑްގެ ލަފާގެމަތިން ތަންފީޛުކުރުން
  4. ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެތެރެއިން ސަރުކާރުން ރަށުކައުންސިލާ ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް  ސެކްޝަން ހެޑްގެ ލަފާގެމަތިން ތަންފީޛުކުރުން
  5. ކުއްލި ޙާލަތްތަކުގައި ރަށުފެންވަރުގައި އެއްކުރަންޖެހޭ މަޢުލޫމާތުއެއްކުރުން
  6. ކާރިސާތަކުން ރައްކައުތެރިވުމަށް ރަށުފެންވަރުގައި މަސައްކަތްކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގެ އިދާރީ މަސައްކަތްކުރުން
  7. އެކިއެކި ބޭނުންތަކަށް ރަށުން ދޫކުރެވޭ ބިންތައް ސަރވޭކޮށް ފާހަގަކުރުމުގެ މަސައްކަތްކުރުން
  8. ރަށުކައުންސިލްގެ އިންޓާރނަލް އޮޑިޓާއި އެކްސްޓަރނަލް އޮޑިޓް ހެދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  9. ކުނި ނައްތާލުމުގެ ޕްލޭނެއް އެކުލަވާލާ އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
  10. ރަށުކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާ ހިންގަވަން ހުންނަވާ ވެރިއަކު، މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރާ މަސައްކަތްތަކާއި ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމުގައި އެބޭފުޅަކާ އެހީތެރިވެ، އެއްބާރުލުން ދީގެން މަސައްކަތްކުރުން
 ގުޅޭ ވަޒީފާގެ ދާއިރާތައް:

   ޕްރޮޖެކްޓް މެނޭޖްމެންޓް

 މަޤާމުގެ ޝަރުތުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމެންޓް / ޕްރޮޖެކްޓް މެނޭޖްމެންޓް ގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 04 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

 

 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް
 ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް               
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 19ސެޕްޓެމްބަރ 2019 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، thulhadhoo@gmail.com އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ސެޕްޓެމްބަރ 2019 އާއި 03 އޮކްޓޯބަރ 2019 އާއި ދެމެދު ތުޅާދޫ ކައުންސިލްގެ އިދާރާގައެވެ.

 ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

 

 

45% (ސާޅީސްފަސް އިންސައްތަ)

 އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ thulhadhoo@gmail.com އަށެވެ. 

12 ސެޕްޓެންބަރު 2019
ހޯދާ