މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ޓްރާންސްޕޯޓް ސަރވިސް އެސިސްޓަންޓް

މި އިޢުލާންވަނީ 13 އޮކްޓޫބަރު 2019 1507 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ޓްރާންސްޕޯޓް ސަރވިސް އެސިސްޓަންޓް

މަޤާމު ނަންބަރު:

J308251

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 1-1

މަޤާމުގެ ކްލެސިފިކޭޝަން:

ޓްރާންސްޕޯޓް ސަރވިސް އެސިސްޓަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް އިމިގްރޭޝަން ، ކ.މާލެ

ސެކްޝަން:

އެޑްމިނިސްޓްރޭޓިވް ސެކްޝަން

މުސާރަ:

-/7110

ސަރވިސް އެލަވަންސް:

-/44 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އިތުރު އިނާޔަތްތައް:

 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 1. އެކްސްޕެޓްރިއޭޓް ރިޕެޓްރިއޭޝަން އެންޑް މޮނީޓަރިންގް ސެކްޝަނުން ހިންގާ ރެއިޑް އޮޕަރޭޝަން ތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުން.

2. ދަންފަޅި އުސޫލުން އެއަރޕޯޓު ޑިވިޜަންގެ އެކި ބޭނުންތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުން.

3.  ޕާސްޕޯޓް ސްޓޮކާއި، ވިޒާ ކާޑު ފަދަ ޚާއްސަ ޑެލިވަރީތައް ބަލާ އެއާޕޯޓަށް ދިއުމާއި / އެނބުރި އައުމުގައި ކުރަންޖެހޭ ދަތުރުތައް ކުރުން.

4.  ޕްރޮކިއުމަންޓް އަދި އެޑްމިނިސްޓްރޭޝަން ސެކްޝަނުން، އެހެން ޑިވިޜަން/ސެކްޝަން/ޔުނިޓުތަކުގެ މަސައްކަތައް ބޭނުންވާ އާއްމު ސްޓޮކް ގެންގޮސް ދިނުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

5. ޑިޓެންޝަންގައި ތިބޭމީހުން ޑޮކްޓަރަށް ދެއްކުމަށް ގެންދިއުމާއި އަދި ފުރުވާލުމަށް އައި.އެން.އައި.އޭ އެއާޕޯޓަށާއި މިނޫންވެސް ޑިޓެންޝަނުގެ ބޭނުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

6. އިދާރީ ބޭނުންތަކަށް ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުން

7.  ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން

8.  ވެހިކަލްތަކުގެ ކުދި މަރާމާތުތައްކުރުން

9.  ވެހިކަލްތައް އިންޝުއަރެންސް ކުރުމާއި، އަހަރީ ފީދެއްކުމާއި، ރޯޑްވާރދިނަސް ހެދިފައިވޭތޯ ގަވާއިދުން ބަލައި މިކަމާގުޅޭ މަސއްކަތްތައް ކަމާއި ގުޅުންހުރި ސެކްޝަންތަކައް އަންގާ އެކަންކަން ފުރިހަމަ ކުރުން.

10. ވެހިކަލުގައި ކުރެވޭ ދަތުރުތައް ލޮގުކުރުން

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 7 (ހަތެއް) އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއިއެކު މުއްދަތު ހަމަނުވާ ސައިކަލް، ކާރު އަދި ޕިކަޕް ލައިސަންސް އޮތުން ނުވަތަ،
  2. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 (ދޭއް) އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއިއެކު މުއްދަތު ހަމަނުވާ ސައިކަލް، ކާރު އަދި ޕިކަޕް ލައިސަންސް އޮތުން ނުވަތަ،
  3. ސާނަވީ އިމްތިހާނުގެ 2 މާއްދާއިން 'ޑީ' ފާސް ލިބިފައިވުމާއިއެކު މުއްދަތު ހަމަނުވާ ސައިކަލް، ކާރު އަދި ޕިކަޕް ލައިސަންސް އޮތުން 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އެޕްލިކޭޝަން ފޯމު (މި ފޯމު އިމިގްރޭޝަންގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،  ވަޒީފާ އަދާކުރި  މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

(ހ) ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން

(ށ) މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ މުއްދަތު ހަމަނުވާ (ސައިކަލު، ކާރު އަދި ޕިކަޕް) ލައިސަންސް ލިބިފައިވުން.

(ނ) ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން (ވަޒީފާއަށް އެދި ހުށަހަޅާއިރު 3 މަސް ހަމަނުވާ މެޑިކަލް ޗެކްއަޕް ރިފޯޓެއް ހުށަހެޅުން)

(ރ) އަދަބު އިޙްތިރާމާއިއެކު މުޢާމަލާތްކުރަން ދަންނަ މީހެއްކަމުގައިވުން.

(ބ) ވެހިކަލް މަރާމާތުކުރުމާއި އިލެކްޓްރިކް މަސައްކަތް ދަންނަ ފަރާތަކަށްވުން.

(ޅ) ބަންދު ދުވަސްތަކުގައްޔާއި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށް ވުން.

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ       22 ސެޕްޓެމްބަރ 2019 ގެ 1400 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް jobs@immigration.gov.mv އަދި ފެކްސް 3320011 މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައެޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 – 26 ސެޕްޓެމްބަރ 2019 އާއި ދެމެދު، މޯލްޑިވްސް އިމިގްރޭޝަން (ހ. ވެލާނާގެ 1 ވަނަ ފަންގިފިލާ) ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނޯޓު:        މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުރުމަށް ގުޅާނީ ފޯނު 3330410، 3330411 އަށެވެ. އަދި ފެކްސް ކުރާނެ ނަންބަރަކީ، 3320011 އެވެ. އީ މެއިލް ކުރާނީ jobs@immigration.gov.mv އަށެވެ.

 

 

 

11 ސެޕްޓެންބަރު 2019
ހޯދާ