މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް Canon EOS 5D Mark IV ގެ ކެމެރާއެއް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ:  (IUL)94-Q/1/2019/29  އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވަނީ އެންމެ ދެފަރާތުން ކަމުގައިވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ. 

11 ސެޕްޓެންބަރު 2019
ހޯދާ