މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރިވިސް ސެންޓަރުގެ ވަށާފާރު ރޭނުމާއި ބެހޭ

ބ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރިވިސް ސެންޓަރުގެ ވަށާފާރު ރޭނުމާއި ބެހޭ

ބ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ގޯތީގެ ވަށާފާރު (އިންފާރު) މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައި ރާނާ ސިމެންތިޖާހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި ދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް

24 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ، މިފަދަ ލިޔުމެއްނެތި ނެތި މަޢުލޫމާތު ސާފުކުރައްވަން ދުރުވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 ސެޕްޓެންބަރު 2019
ހޯދާ