ދިވެހިރާއްޖެ
ޢިއުލާން
ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަތުން
މި މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)101-LES/1/2019/266 (22 އޯގަސްޓް 2019) އާއި ހަވާލާދީ ދަންނަވަމެވެ.
ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެނެވޭ ބިދޭސީންނަށް ދައްކާ ޑިޕޮސިޓް ފައިސާ، 25 އޯގަސްޓު 2019 ވީ އާދީއްތަ ދުވަހުން ފެށިގެން ދެއްކޭނީ ހަމައެކަނި "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ކަމުގައި ވާނީ ޢާއްމުކޮށް އަންގާ އިއުލާން ކުރެވިފައެވެ.
އެހެން ނަމަވެސް މިބަދަލުގެ ސަބަބުން "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދައްކަވާ ބައެއް ފަރާތްތަކަށް، އެފަރާތުން މިކަމަށް ހަމަޖައްސަން ޖެހިވަޑައިގަންނަވާ އިންތިޒާމްތައް ހަމަޖެހިފައިނެތުމުން، ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވަމުން ދާތީ، މިފަދަ ފަރާތްތަކަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ދިނުމަށްޓަކައި 11 ސެޕްޓެމްބަރު 2019 އިން ފެށިގެން މި މިނިސްޓްރީގެ ކައުންޓަރުތަކުން ޑިޕޮސިޓް ފައިސާ ބަލައިގަންނާނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
11 މުޙައްރަމް 1441