ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެވުނު ނަންބަރު (IUL)95-PM/1/2019/36 އިޢުލާނާއި ގުޅިގެން ޝަރުތު ހަމަވާ 3 ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީވެ، މި އިޢުލާން ބާތިލް ކުރުމަށްފަހު މިކަމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ.
މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/38_bid_info._sheet_-_03_computer_system.pdf
އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
11 މުހައްރަމް 1441
10 ސެޕްޓެންބަރު 2019