ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޯތިތެރޭގައި ބަންޑާރަ މަގަށްވާގޮތަށް ކިއޮސްކް މެޝިނެއް ބެހެއްޓުމަށްޓަކައި ކުޑަ އިމާރާތެއް ހަދަން ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2019 (ބުދަ) ން ފެށިގެން 18 ސެޕްޓެމްބަރ 2019 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ.

Û މަޢުލޫމާތު ދިނުން – 19 ސެޕްޓެމްބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި

Û އަންދާސީ ހިސާބު ހުޅުވުން – 23 ސެޕްޓެމްބަރ 2019 ވާ (ހޯމަ) ދުވަހުގެ 13:00 ގައި

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި އަންދާސީ ހިސާބަށް މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވޭނީ ރަޖިސްޓަރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ވެފައިވާ އަދި ޤާނޫނު ނަމްބަރ 18/2014 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ / ހދ ކުޅުދުއްފުށި

. ފޯން: 6521174

10 ސެޕްޓެންބަރު 2019
ހޯދާ