މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން:

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

          އުނގޫފާރު، ދިވެހިރާއްޖެ                                  ނަންބަރު: 59/IUL)303-AS/303/2019)

އިޢުލާން

 

އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން:

 

             މިއިދާރާގެ ނަމްބަރ: 56(IUL)303-AS/303/2019/  (29 އޮގަސްޓް 2019)ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އަލުން 

   ފުރުސަތު ހުޅުވާލަމެވެ.

            މިއިދާރާގެ ބެލުމުގެ ދަށުން ހިންގާ މިދަންނަވާ ތަންތަނުގެ 2014 ން ފެށިގެން 2018 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

  1. އުނގޫފާރު ރައްޔިތުންގެ ވިޔަފާރި
  2. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ
  3. އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރަ

          ވީމާ މިކަމަށް ޝައުޤުވެރިވާ އޮޑިޓް ފާމުތަކުން 10 ސެޕްޓެންބަރު 2019ން 12 ސެޕްޓެންބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12.00 ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު 12:00 ދޭތެރޭ މެއިލް މެދުވެރިކޮށް މައުލޫމާތު ދެވޭނެއެވެ. އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ 15 ސެޕްޓެންބަރ 2019 ވާ އާދިއްތަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން އޮޑިޓް ކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580118 އަށް ކަމުގައި ދަންނަވަމެވެ.

 

ތިރީގައި އެވަނީ ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތަފްސީލްއެވެ.

  1. އޮޑިޓް ފާމުގެ ރަޖިސްޓްރީގެ ކޮޕީ
  2. އޮޑިޓަރގެ ޕްރޮފައިލް

ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

  1. ޕްރޮޖެކްޓްގެ އަގު ( ހަތްދިހަ މާކުސް )
  2. ޕްރޮޖެކްޓްގެ މުއްދަތު ( ފަނަރަ މާކުސް )
  3. މަސައްކަތުގެ ތަޖުރިބާ ( ފަނަރަ މާކުސް )

         

          ބިޑަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓު ލިބިގެން ބިޑް ކާމިޔާބުކުރާ ފަރާތަށް ކައުންސިލުން އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް ނިންމަން ޖެހޭނެއެވެ. އެއްވެސް ސަބަބަކާހުރެ މި މުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކުރެވިއްޖެނަމަ ބިޑްހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ލިބުނުފަރާތް އެދޭނަމަ އެފަރާތަށް މަސައްކަތް ޙަވާލުކުރުން ނުވަތަ އަލުން ބިޑްކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވާނެއެވެ.

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

          10 މުހައްރަމް 1441

          09 ސެޕްޓެންބަރ 2019   

09 ސެޕްޓެންބަރު 2019
ހޯދާ