ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބ. އޭދަފުށި ބްރާންޗްއަށް ސިންކްރޮނައިޒިންގ ޕެނަލް ބޯޑެއް ހޯދުމާއި ގުޅޭ:

 

ނަންބަރު :FNK-I/IUL/2019/187

 

 

އިޢުލާން

 

 

ބ. އޭދަފުށި ބްރާންޗްއަށް ސިންކްރޮނައިޒިންގ ޕެނަލް ބޯޑެއް ހޯދުމާއި ގުޅޭ:

މިކުންފުނިން ދޭ މަޢުލޫމާތާއި އެއްްގޮތަށް ބ.އޭދަފުށީގައި ބޭނުންކުރުމަށް ޖެނެރޭޓަރ ކޮންޓްރޯލް ސިންކްރޮނަައިޒިންގ ޕެނަލްްބޯޑެއް ގައްނަންް ކުރެވުނު ނަންބަރު   FNK-I/IUL/2019/162 ޢިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ ޢިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.  

 

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ހާސް 5,000.00)  USD) އެމެރިކާ ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

-          އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ އެމް.އެމް. އޭ ގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.   (ބިޑް ސެކިއުރިޓީގެ އޮރިޖިނަލް އޮންނަންވާނީ ވަކި ސިޓީއުރައަކަށް ލެވިފައެވެ).

-          ޗެކްގަ ބޭންކް ގެރެންޓެޑް ސްޓޭމްޕް ޖަހާފައިވުން.

-          އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ބިޑް ސެކިއުރިޓީ ހުށަހެޅުން.

-          ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.

-          މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާތިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

 

       މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ސެޕްޓެންބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ސެޕްޓެންބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާގައެވެ.

  މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބް، ބިޑް ސެކިއުރިޓީ ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބް އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

  އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

             09 ސެޕްޓެންބަރ 2019

 

 

            

 

09 ސެޕްޓެންބަރު 2019
ހޯދާ