ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

 އަންދާސީހިސާބު ބޭނުންވެއްޖެ

     

           މިއިދާރާގެ 13 ބުރީގެ އައު އިމާރާތުގެ މެއިން ރިސެޕްޝަނާއި އަދި ލައިބްރަރީ ރިސެޕްޝަން ހިމެނޭ ގޮތަށް މި އިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ވަޑާމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި 2019/29/އައީ.ޔޫ/ޓީ-57 ނަންބަރު އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެންބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ސެޕްޓެންބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

09 ސެޕްޓެންބަރު 2019
ހޯދާ