މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ްްްވަޒީފާގެ ފުރުސަތު ( އެޑްމިނިސްޓްރޭޓިވް އޮފިސަރ )

މި ސްކޫލްގެ ތިރީގައިމިވާ މަޤާމަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް އިއުލާން ކުރަމެވެ.

އިޢުލާނު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-131953

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ. އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އިންފޮމޭޝަން ޓެކްނޮލޮޖީ

ހިއުމަން ރިސޯސް މެނޭޖްމެންޓް

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ދާއިރާ:

މާއެނބޫދޫ ސްކޫލް / ދ.މާއެނބޫދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން:

-/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ

މުސާރަ:

-/1500 (ފަނަރަ ސަތޭކަ) ރުފިޔާ

ސަރވިސް އެލެވަންސް:

-/700 (ހަތް ސަތޭކަ) ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

1.      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު ޢިނާޔަތްތައް:

 1. މުވައްޒަފުންގެ ޙާޟިރީ ސިސްޓަމުންނާއި ފޮތުން ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގަ ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރު ކުރުން.

2. މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން.އަދި ސްކޫލަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށާ އިޢުލާން ކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވުމަށާއި މަޤާމްތަކަށް އިޢުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމްތައް ތައްޔާރުކޮށް ، އިންޓަރވިއު ނިމުމުން ވަޒީފާ ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު، ވިއުގާގެ ތެރެއިން ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ކުރުން، ލިޔުންތައް ފައިލުކުރުން.

3. ސިވިލްސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމުތައް އަހަރު ފެށޭއިރު ސުޕަރވައިޒަރުންނާއި ޙަވާލުކުރުމާއިއެކު ޓާރގެޓް ކަނޑައެޅުނު  މިންވަރުގެ ރިޕޯރޓް ތައްޔާރުކޮށް  ފޮނުވަންޖެހޭ  ފަރާތްތަކަށް  ފޮނުވުން.އަދި އަހަރު ނިމުމުން ފުރިހަމަ ކުރެވިފައިވާ ފޯމްތައް ޕާރސަނަލް ފައިލުގައި ފައިލުކުރުމަށްފަހު ފޯމް ފުރިހަމަކުރި ގޮތުގެ ރިޕޯރޓް  ފޮނުވަންޖެހޭ  ފަރާތްތަކަށް ފޮނުވުން.އަދި ފޯމުތައް ވިއުގާގެ ތެރެއަށް އަޅަން ޖެހޭ މުއްދަތުގެ ތެރޭގައި އެޅުމުގެ މަސައްކަތް ކުރުން.

4. މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައި ލިޔެ ފުރިހަމަކުރުން.

5.ސްކޫލަށް ލިބޭ ސިޓީފަދަ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީ ކުރުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން. އަދި ދުވަހުން ދުވަހަށް ސްކޫލްގެ މެއިލްތައް ޗެކްކުރުމާއިއެކު މެއިލްގެ ޒަރީޢާއިން ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް އަވަސްތަކެތި ވަގުތުން ވަގުތަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ، ޖަވާބުދޭންޖެހޭ ލިޔުންތަކަށް އިސްވެރިޔާގެ ލަފާގެމަތިން، މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ދިނުން.

6. ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި އެކު ރަސްމީގަޑި ފިޔަވައި، އޮފީސް ހުޅުވުމަށް ޙަވާލު ކުރެވޭ އެހެނިހެން ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުން.

7. އިދާރީ އަދި އެކެޑެމިކް މަސައްކަތްކުރާ މުވައްޒަފުން  ޗުއްޓީގައި ތިބޭ ދުވަސްވަރު، އިދާރީގޮތުން ބެލެހެއްޓުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

8. ޙަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި އެކު އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.

9. ސްކޫލްގެ ޕީ.އޭބީ އެކްސް އަށް އަންނަ ފޯނުތަކަށް ޖަވާބުދީ، ފޯނުކުރި ފަރާތްތަކުން ކުރާ ސުވާލުތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.

 10. މެއިން ރަޖިސްޓްރީ އާއި ކްލާސްލިސްޓް ބެލެހެއްޓުން.މިގޮތުގެ މަތިން ސްކޫލަށް ވަންނަ ކުދިންނާއި ވަކިވާ ކުދިންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ފޮތުގައި ލިޔެ ކޮމްޕިއުޓަރގައި ހުންނަ ލިސްޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއެކު ސްކޫލަށް ވަންނަ /ވަކިވާ ކުދިންގެ މަޢުލޫމާތު ސުޕަރވައިޒަރުންނަށް ދިނުމަށް ފަހު ދަރިވަރުންގެ މަޢުލޫމާތު ފައިލުތައް ބެލެހެއްޓުން.

11. ސްކޫލުން ވަކިވާން އެދޭ ކުދިންގެ ލީވިންސެޓްފިކެޓް ، ބެލެނިވެރިޔާ އެކަމަށް އެދި ސިޓީ ހުށަހަޅާތާ 3 ދުވަހުގެތެރޭގައި ނިންމާފަ ބެލެނިވެރިޔާއާއި  ޙަވާލުކުރުމަށްފަހު  ކޮޕީ ފައިލު ކުރުން.އަދި ގްރޭޑް 10 ނިންމާ  ކުދިންގެ  ލީވިންސެޓްފިކެޓް  އެއަހަރެއްގެ ޑިސެމްބަރ މަސް ނިމުމުގެކުރިން ނިންމާފައި ބެލެނިވެރިންނަށް ދޫކުރުމުގެ ކަންތައް ހަމަޖެއްސުމަށްފަހު ކޮޕީތައް ފައިލުކުރުން.

 12. ސްކޫލްގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބެލެހެއްޓުން.އެގޮތުގެ މަތިން ސްކޫލަށް ލިބޭ ހަރުމުދާތައް ބަލައިގަނެ ނަންބަރުޖަހާ އިންވެންޓްރީއަށް ނެގުމަށް ފަހު އިންވެންޓްރީގައި ހިމެނޭ ތަކެތީގެ ތެރެއިން ބޭނުން ނުކުރެވޭ ތަކެތި އެޑިޔުކޭޝަންގެ ހުއްދަ އާއިއެކު ނައްތާލުން، އަދި ނީލަންކިޔަން ޖެހޭ ތަކެތީގެ ލިސްޓް އެޑިޔުކޭޝަނަށް ފޮނުވައިގެން ހުއްދަ ހޯދުމަށް ފަހު އިސްވެރިޔާގެ ލަފާގެ މަތިން ނީލަންކިޔުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުން. 

 

13. ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި އެކު ރަސްމީގަޑީގައާއި އެހެނިހެން ގަޑިތަކުގައިވެސް އޮފީސް ހުޅުވުމަށް ޙަވާލުކުރެވިއްޖެނަމަ އެގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުން. އިދާރީ އަދި އެކެޑެމިކް މަސައްކަތްކުރާ މުވައްޒަފުން  ޗުއްޓީގައި ތިބޭ ދުވަސްވަރު، އިދާރީގޮތުން ބެލެހެއްޓުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

14. ޙަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި އެކު އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން. ސްކޫލްގެ ޕީ.އޭބީ އެކްސް އަށް އަންނަ ފޯނުތަކަށް ޖަވާބުދީ، ފޯނުކުރި ފަރާތްތަކުން ކުރާ ސުވާލުތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިއު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ސެޕްޓެމްބަރ 18 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މާއެނބޫދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2019 ސެޕްޓެމްބަރ 19 އާއި 2019 ސެޕްޓެމްބަރ 22 އާ ދެމެދު، މާއެނބޫދޫ ސްކޫލް ގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952919 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

   

 

 
08 ސެޕްޓެންބަރު 2019
ހޯދާ