މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ސީސީޓީވީ ކެމެރާތަކުގެ ރެކޯޑިންގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ސޭން ސްޓޯރޭޖް ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

  1. މި ސަރވިސްގައި ބޭނުންކުރަމުން އަންނަ ސީސީޓީވީ ކެމެރާތަކުގެ ރެކޯރޑިންގ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ސޭން ސްޓޯރޭޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިއަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި މިއިޢުލާނުގެ "ރިލޭޓަޑް ޑޮކިއުމަންޓްސް"ގެ ދަށުން ފޯރުކޮށްދީފައިވާ "Bid Registration Form" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ 02 އީ-މެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަވާރީގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  4. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 9 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  5. ޕްރީބިޑް އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީހުގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01  ގައެވެ.

ތާރީޚް:    10 ސެޕްޓެމްބަރ 2019_

ގަޑި:      11:00

    6. ބީލަން ހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

    7. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

    8. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބް ސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

    9. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ. 

    10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

    ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

    މޯލްޑިވްސް ޕޮލިސް ސަރވިސް

   އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

    ފޯން: 9790052

  އީ-މެއިލް: [email protected]

   ކޮޕީ: [email protected]

5 ސެޕްޓެމްބަރ 2019

05 ސެޕްޓެންބަރު 2019
ހޯދާ