ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

ހިޔާ މަޝްރޫޢުގެ މަސައްކަތް ރިވިއުކުރުމަށްޓަކައި އެކުލަވާލާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ގެ ފަރާތުން ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ޙާލަތު ދެނެގަންނަންޖެހޭ ފަރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ސެޕްޓެންބަރު 11 ވާ ބުދަ ދުވަހުގެ 13:00 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ސެޕްޓެންބަރު 17 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

6 މުޙައްރަމް  1441

05 ސެޕްޓެންބަރު 2019
ހޯދާ