ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ލީޑިންގް ފަޔަރމަން (ހަނިމާދޫ އެއަަރޕޯޓް)

އިޢުލާން

މަޤާމް: 

ލީޑިންގ ފަޔަރމަން

މަޤާމުގެ ނަންބަރު:

J-314335

ބޭނުންވާ ޢަދަދު:  

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:  

އެމް.އެސް. 1

މަގާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ފަޔަރ ވެހިކަލް އަދި ކަމާއިބެހޭ އިކްއިޕްމެންޓްސް އޮޕަރޭޓްކުރުމާއި، އެއަރކްރާފްޓް ރެސްކިއު ފަޔަރ ފައިޓިންގ އާއި ގުޅޭގޮތުން އެވަގުތަކު ޑިއުޓީގައި ހުންނަވާ އޮފިސަރަކު އަންގަވާ ގޮތަކަށް މަސައްކަތްކުރުން.
  2. އެއަރޕޯޓްގެ ވަށައިގެންވާ ފަރުގެ އެތެރޭގެ ސަރަޙައްދުގައި މަތިންދާ ބޯޓަށް ދިމާވާ ޙާދިސާ ތަކުގައި މީހުން ސަލާމަތްކުރުމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތަށް ތައްޔާރުވެތިބުން. އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ސްޕަވައިޒް ކުރުން.
  3. އެއަރޕޯޓްގެ ވަށައިގެންވާ ސަރަޙައްދު ޖިއޮގްރަފިކަލް މަޢުލޫމާތު ހޯދައި މަގުތަކަށް ރަގަޅަށް ފަރިތަވުމަށް ކުރަންޖެހޭ ކަންކަން ކުރުން. އަދި ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އާއި ގުޅޭގޮތުން، މިމަސައްކަތަށް ހާނުވާފައި ބޭތިއްބުމަށްޓަކައި ދެވޭ ޓްރެއިނިންގ، )ކޮންޓިނުއޭޝަން ޓްރެއިނިންގ( ޕްރޮގްރާމްގެ ދަށުންދެވޭ ހުރިހާ ޓްރެއިނިންގ އެއްގައި ބައިވެރިވުން.
  4. މަތީގައި ބުނެވިދިޔަ ޙާދިސާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިކްއިޕްމަންޓްސްތަކާއި ވެހިކަލްތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް އެސް.އޯ.ޕީ އާއި އެއްގޮތަށް ޗެކްކޮށް ބެލެހެއްޓުން.
  5. ދުއްވުމާ، އޮޕަރޭޓް ކުރުމަށް ހަވާލުކުރެވިފައިވާ ވެހިކަލް ނުވަތަ އިކްއިޕްމަންޓް އަކަށް މައްސަލައެއްޖެހި މަސައްކަތަށް ބޭނުން ނުކުރެވޭފަދަ ގޮތެއް ވެއްޖެނަމަ، ސީނިއަރ އޮފިސަރ އަކަށް ވަގުތުން އެންގުން.
  6. ޕްރޮފެޝަނަލް މިންގަޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަދި ކުރުމަށް އަބަދުވެސް މަސައްކަތްކުރުން އަދި ތާވަލާއި އެއްގޮތަށް ފިޒިކަލް ޓްރެއިނިންގ ފުރިހަމަކުރުން.
  7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ފަޔަރފައިޓަރގެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ބޭސިކް ފަޔަރފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަކޮށް ފާސްވެފައިވުން ނުވަތަ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް އެޕަރޭޓަސް ޑްރައިވަރ އޮޕަރޭޓަރ ކެޓް 5 ކޯސް (50 އަވާރސް) ފުރިހަމަކޮށް ފާސްވެފައިވުމާއި، 6 މަސްދުވަހުގެ ލީޑިންގ ފަޔަރމަން އޮންދަޖޮބް ޓްރެއިނިންގ ފުރިހަމަ ކޮށް ފާސްވެފައިވުމާއި، 6 މަސްދުވަހުގެ ލީޑިންގ ފަޔަރމަން އޮންދަޖޮބް ޓްރެއިނިންގ ފުރިހަމަ ކޮށްފައިވުން.

ނުވަތަ

  1. ފަޔަރފައިޓިންގ ދާއިރާގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ބޭސިކް ފަޔަރފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަކޮށް ފާސްވެފައިވުން ނުވަތަ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް އެޕަރޭޓަސް ޑްރައިވަރ އޮޕަރޭޓަރ ކެޓް 5 ކޯސް (50 އަވާރސް) ފުރިހަމަ ކޮށް ފާސްވެފައިވުން ނުވަތަ ލީޑިންގ ފަޔަރމަން ކޯހަށްވުރެ މަތީފެންވަރު ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން. އަދި އެޕްރައިސަލް އިން %80 އިން މަތިން މާކްސް ލިބިފައިވުން.

މަޤާމްގެ ދާއިރާތައް

  • ފަޔަރ އެންޑް ރެސްކިއު ސަރވިސަސް

ތައުލީމީ ރޮނގުތައް

  • އެއަރޕޯޓް ފަޔަރ ފައިޓިންގ
  • ފަޔަރ ފައިޓިންގ
  • ފަޔަރ އެންޑް ރެސްކިއު ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން އަދި ހަނިމާދޫ އެއަރޕޯޓް އޮފީހުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް  %40
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަން ދެވޭ އިމްތިޚާން %5
  3. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް %15
  4. އިންޓަރވިއު/ ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލްސް %40
  5. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %45 އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ހަނިމާދޫ އެއަރޕޯޓް އޮފީހަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ސެޕްޓެމްބަރ 2019 އާއި 17 އޮކްޓޯބަރ 2019 އާ ދެމެދު، ހަނިމާދޫ އެއަރޕޯޓް އޮފީސް/ ހދ.ހަނިމާދޫ ގައެވެ.

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  6520023 އެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.

04 ސެޕްޓެންބަރު 2019
ހޯދާ