ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އޮފީސް ޢިމާރާތުގައި ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރުން.

އަންދާސީ ހިސާބު ހުށަހެޅުން

މަސައްކަތުގެ ތަފްސީލް

ސިވިލް ސަރވިސް ކޮމިޝަންގެ އޮފީސް ޢިމާރާތުގެ (މަޖީދީމަގު، ހެންވޭރު) ގްރައުންޑާއި ދެވަނަޔާއި ތިންވަނަ ފަންގިފިލާގައި ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރުން. މިގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ފާރުތައްތެޅުމާއި ޕާޓިޝަންތައް ނެއްޓުމާއި ބިންގަޑު ލެވެލްކުރުމާއި ޖިޕްސަނާއި ލަކުޑި ބޭނުންކޮށްގެން ޕާޓިޝަން ޖެހުމާއި ދޮރުހަރުކުރުމާއި ސީލިންގ އެޅުމާއި ކަރަންޓް ވަޔަރިންގ އެޅުމާއި ލައިޓާއި އެއަރ ކޮންޑިޝަން ހަރުކުރުމާއި ކުލަލުމާއި ދޮރުތަކުގައި ވަރުނީސްލުން ހިމެނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހު 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހެންވޭރު، މަޖީދީމަގު) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހެންވޭރު، މަޖީދީމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

  • ފޯން: 3307307
  • އީމެއިލް: [email protected]  ވެބް ސައިޓް: www.csc.gov.mv

 

04 ސެޕްޓެންބަރު 2019
ހޯދާ