އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫގައި އަޅާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

މި ސަރުކާރުގެ ބޯހިޔާވަހުކަމުގެ ވަޢުދުގެ ދަށުން އަޅާދޭ ހައުސިންގ ޔުނިޓް ތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކުރެވުނު ނަންބަރު: IUL)426-AB/426/2019/279) އިޢުލާނުގެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ރައްޔިތުން އެދެމުންދާތީ  ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ހައުސިންގ ޔުނިޓް ތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

ވީމާ، މި ޕްރޮގްރާމުގެ ދަށުން ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކުން  "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ގައި ހިމެނޭ ހައުސިން ޔުނިޓް އަޅާދިނުމުގެ މަޝްރޫޢުގެ ދަށުން  ގޯތީގައި ގެ އެޅުމަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް  10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދޭ ފޯމު މިއިދާރާ އާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމު މިއިދާރާގެ ވެބްސައިޓު www.adducity.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003، ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

05 މުޙައްރަމް 1441

04 ސެޕްޓެންބަރު 2019
ހޯދާ