މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ވިޔަފާރިތަކާ ބެހޭގޮތުން 'އެންޓަރޕްރައިސް ސާރވޭ' އެއް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާ ބެހޭ

މި އިޢުލާންވަނީ 04 ސެޕްޓެންބަރު 2019 1044 ގައި ބާތިލް ކުރެވިފައެވެ.


                                           

     

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު

 

ދިވެހިރާއްޖޭގެ ވިޔަފާރިތަކާ ބެހޭގޮތުން 'އެންޓަރޕްރައިސް ސާރވޭ' އެއް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާ ބެހޭ

ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ތަންތަނުގައާއި އަދި އެނޫންވެސް މަސައްކަތް ކުރާ ތަންތަނުގައި މުސާރައާއި އުޖޫރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދެއް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި 'އެންޓަރޕްރައިސް' ސާރވޭއެއް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް މިބޯޑުން ބޭނުންވެއެވެ.

މިސާރވޭ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކުގައެވެ. އެގޮތުން ދެކުނުގައި ސާރވޭ ކޮށްދޭނެ ފަރާތަކާއި އުތުރުގައި ސާރވޭ ކޮށްދޭނެ ފަރާތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. 

މިމަސައްކަތުގެ މަސްއޫލިއްޔަތުތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާނެ ޝަރުތުތަކާއި އެހެނިހެން ތަފްޞީލުތައް ހިމެނިފައިވާ 'ޓަރމްސް އޮފް ރިފަރެންސް' ތިރީގައި ބަޔާން ކުރެވިފައިވާނެއެވެ.

ވީމާ މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކު 12  ސެޕްޓެމްބަރު 2019 ވަނަދުވަހުގެ މެންދުރު 12:30 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައޫލޫމާތު ބޭނުންފުޅުވާނަމަ، 3323668/1691 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

                            

 

 

 

 

 

 

04 ސެޕްޓެންބަރު 2019
ހޯދާ