މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

 މަޤާމް:

 މަނިޓަރީ އެސިސްޓެންޓް

 ސެކްޝަން:

 މަނިޓަރީ ޕޮލިސީ ސެކްޝަން/މަނިޓަރީ ޕޮލިސީ އެންޑް އެކްސްޗޭންޖް ރޭޓް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ   ފެންވަރާއި   ތަޖުރިބާ އަދި   ހުނަރު

  • އިކޮނޮމިކްސް ގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.
  • ޖީސީއީ/އައިޖީސީއެސްއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާ އިން "ބީ" ފާސް ނުވަތަ އެއަށްވުރެ   މަތީ ފާހެއް ލިބިފައިވުން.
  • އިކޮނޮމެޓްރިކްސް ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށާއި އިޤްތިޞާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސް ހިސާބުތަަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 ކުރަންޖެހޭ   މައިގަނޑު   މަަސައްކަތްތައް

  • އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލް އަދި މަނިޓަރީ ސެކްޓަރ އާއި ގުޅުން ހުރި ދިރާސާކޮށް ރިސާރޗް ޕޭޕަރުތައް ތައްޔާރުކޮށް، އަދި މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީވެދިނުން.

 މުސާރަޔާއި   އިނާޔަތްތައް

 16,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 ރިސަރޗް އެސިސްޓެންޓް

 ސެކްޝަން/ޑިވިޜަން:

 ޕަބްލިކޭޝަންސް ސެކްޝަން/ރިސަރޗް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ   ފެންވަރާއި   ތަޖުރިބާ އަދި   ހުނަރު

  • އިކޮނޮމިކްސް، އިކޮނޮމެޓްރިކްސް ނުވަތަ ފައިނޭންސްއާ ގުޅުުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާރސް ޑިގްރީ ހާޞިލް ކޮށްފައިވުން.

 ހުނަރުވެރިކަން: 

 ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.
  • އިޤްތިޞާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސް ހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން.

 ކުރަންޖެހޭ   މައިގަނޑު   މަސައްކަތްތައް:

  • އެމްއެމްއޭ އިން ތައްޔާރުކުރާ އެކިއެކި ޕަބްލިކޭޝަންސްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.

 މުސާރަޔާއި   އިނާޔަތްތައް

 16,000.00 – 20,800.00 ރުފިޔާ

 

 މަޤާމް:

 އެސިސްޓަންޓް މެނޭޖަރ 

 ސެކްޝަން/ޑިވިޜަން:

 މާރކެޓް އޮޕަރޭޝަންސް ސެކްޝަން / ރިޒަރވް މެނޭޖްމަންޓް އެންޑް މާރކެޓް   އޮޕަރޭޝަންސް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ   ފެންވަރާއި   ތަޖުރިބާ އަދި    ހުނަރު

  • ފައިނޭންސް، އެކައުންޓިންގ، އިކޮނޮމިކްސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން (ފައިނޭންސް) ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި ފައިނޭންސްގެ ދާއިރާއިން ތައުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށާއި މާލީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 ކުރަންޖެހޭ މައިގަނޑު  މަސައްކަތްތައް

  • މަނިޓަރީ ޕޮލިސީ ތަންފީޒު ކުރުމުގައި ކުރަންޖެހޭ މަސައްކަތްކުރުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 މުސާރަޔާއި   އިނާޔަތްތައް

 16,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އެސިސްޓަންޓް މެނޭޖަރ 

 ސެކްޝަން/ޑިވިޜަން:

 އިންޝުއަރެންސް ސުޕަރވިޝަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ   ފެންވަރާއި   ތަޖުރިބާ އަދި   ހުނަރު

  • އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން ނުވަތަ އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި އެކައުންޓިންގ އަދި މާލީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 ކުރަންޖެހޭ   މައިގަނޑު   މަސައްކަތްތައް

  • އިންޝުއަރެންސްގެ ޚިދުމަތްދޭ ތަންތަނަށް ލައިސަންސް ދިނުމާއި، ރެގިއުލޭޓްކުރުމާއި ސުޕަރވައިޒު ކުރުން.
  • އިންޝުއަރެންސްގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެ ދިނުން.

 މުސާރަޔާއި   އިނާޔަތްތައް

 16,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އެސިސްޓަންޓް މެނޭޖަރ 

 ސެކްޝަން/ޑިވިޜަން:

 ޕޭމަންޓް ސިސްޓަމްސް އޯވަރސައިޓް ސެކްޝަން/ ޕޭމަންޓް ސިސްޓަމްސް އެންޑް   އޯވަރސައިޓް ޑިވިޝަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ   ފެންވަރާއި   ތަޖުރިބާ އަދި   ހުނަރު

  • ބޭންކިން ނުވަތަ ބޭންކިން އެންޑް ފައިނޭންސް  ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދައިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން
  • ޖީސީއީ/އައިޖީސީއެސްއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާ އިން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން ތައުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށާއި، ބޭންކް ނުވަތަ އެހެން މާލީ އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށާއި، ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓް ކުރުމުގެ ނުވަތަ ޕޭމަންޓް ސިސްޓަމްސްގެ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 ކުރަންޖެހޭ   މައިގަނޑު   މަސައްކަތްތައް

  • ޕޭމަންޓް ސިސްޓަމްސްތަކާއި ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓްކުރާ ފަރާތްތައް ސުޕަވައިޒުކުރުން.
  • ޕޭމަންޓް ސިސްޓަމްސް ތަކާ ގުޅޭ ތަފާސް ހިސާބުތައް އެނަލައިޒްކޮށް ބެލެހެއްޓުން.
  • ނެޝަނަލް ޕޭމަންޓް ސިސްޓަމްސް ތަރައްގީ ކުރުމަށް ބޭނުންވާ ދިރާސާތައްކުރުމާއި އެކަމާއި ގުޅޭ ރެކޮމެންޑޭޝަންތައް ތައްޔާރު ކުރުމާއި ހުށަހެޅުމާއި މި ސިސްޓަމްސް ތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ކަންކަމުގައި އެހީތެރިވެދިނުން.

 މުސާރަޔާއި   އިނާޔަތްތައް

 16,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ

 ޑިވިޜަން:

 ބޭންކިން ސުޕަރވިޝަން ސެކްޝަން / ބޭންކިން ސުޕަރވިޝަން ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ   ފެންވަރާއި   ތަޖުރިބާ:

  • އިސްލާމިކް ބޭންކިންގް/ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި މާލީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 ކުރަންޖެހޭ

 މައިގަނޑު   މަސައްކަތްތައް:

  • ބޭންކްތައް ސުޕަވައިޒުކޮށް ރެގިއުލޭޓް ކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް. 
  • އިސްލާމިކް ބޭންކްތަކުން ޚިދުމަތްދެނީ ޝަރީޢާ އާ އެއްގޮތްވާގޮތުގެ މަތިންތޯ ބެލުން.

 މުސާރަޔާއި   އިނާޔަތްތައް

 16,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އޮފިސަރ

 ސެކްޝަން/ޑިވިޜަން:

 ބޭންކިން އޮޕަރޭޝަންސް ސެކްޝަން / ބޭންކިން ޕޭމަންޓްސް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ   ފެންވަރާއި   ތަޖުރިބާ  އަދި   ހުނަރު

  • ޖީސީއީ އޭލެވެލްގެ ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުން.
  • ޖީސީއީ/އައިޖީސީއެސްއީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި މާލީ ދާއިރާއާ ގުޅޭ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 ކުރަންޖެހޭ   މައިގަނޑު   މަސައްކަތްތައް

  • އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފޮނުވާ ބޭރުފައިސާގެ ޓްރާންސެކްޝަންތަކާއި ރާއްޖޭގައި ހިންގާ ކޮމާރޝަލް ބޭންކްތަކަށް ބޭންކިންގެ ހިދުމަތް ދިނުން.
  • ބޭންކިން އޮޕަރޭޝަންސްގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 މުސާރަޔާއި   އިނާޔަތްތައް

 9,000.00 – 13,250.00 ރުފިޔާ

 މަޤާމް:

 އޮފިސަރ 

 ސެކްޝަން/ޑިވިޜަން:

 ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ   ސަރވިސަސް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ   ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 ކުރަންޖެހޭ   މައިގަނޑު   މަސައްކަތްތައް:

  • ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

 މުސާރަޔާއި   އިނާޔަތްތައް

 9,000.00 – 13,250.00 ރުފިޔާ

 

 

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

 ހުށަހަޅަންޖެހޭ   ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއް ނަމަ ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

 ސުންގަޑި

 10  ސެޕްޓެންބަރު 2019 ވަނަ ދުވަހުގެ 12:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

04 ސެޕްޓެންބަރު 2019
ހޯދާ