މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ


މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-229199

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 03

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒު ސެކްޝަން / ބ. ހިތާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

-          ސިވިލްސަރވިސް މުވައްޒަފުންނަށް ދެވޭ ސަޕޯޓިން ކޯ އެލަވަންސްގެ -/700 ރުފިޔާ ދެވޭނެއެވެ.

-          ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

-          ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކައުންސިލް އިދާރާ ހުޅުވާ ލެއްޕުން

2-      ކައުންސިލަށް ލިބޭ ސިޓީ، މެސެޖު، ފަދަ ތަކެތި އެންޓްރީކޮށް ފޮނުވަންޖެހޭ ސެކްޝަންތަކަށް ފޮނުވުން.

3-      ސެކްޝަނަށް ލިބޭ މައްސަލަތައް ބަލައި ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބުދީ، ފައިލްކުރަންޖެހޭ ޑޮކިއުމަންޓުތައް ފައިލްކޮށް ބެލެހެއްޓުން.

4-      މުވައްޒަފުންގެ ރެޖިސްޓްރީ ބެލެހެއްޓުމާއި މުވައްޒަފުންގެ ޙާޟިރީބެލެހެއްޓުން.

5-      މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރސަނަލް ފައިލްތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6-      މުވައްޒަފުން އޮފީހުގެ ރަސްމީގަޑީގައި އަޅަށްޖެހޭ ހެދުން އެޅުމުގެ ކަންތައްތައް ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން

7-      މުވައްޒަފުން ރަސްމީގަޑީގައި އޮފިހުން ބޭރަށް ދިއުމާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ރަސްމީދަތުރުތަކުގައި ރަށުންބޭރަށް ދިއުމާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން.

8-      އެޗް. އާރު. އެމް. ޑީ ކޮމިޓީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުން ފެންވަރުބެލުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

9-      މުވައްޒަފުންގެ އިތުރު ގަޑީގެ ރެކޯޑް ބެލެހެއްޓުމާއި،މުވައްޒަފުންގެ މުސާރަ އެހެނިހެން ފައިސާ ހަވާލުކުރުވާ، ކައުންސިލަށް ވަންނަ ފައިސާ އާއި ބޭރުވާ ފައިސާގެ ހިސާބުތައް ބަލަހައްޓާ ރިޕޯޓްތައް ޤަވާޢިދުން ތައްޔާރުކޮށް ފޮނުވުން.

10-   ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް ކަމާގުޅޭ އިދާރާ ތަކަށް ފޮނުވުން.

11-   ކައުންސިލްއިދާރާއިން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާއަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން.

12-   މުދަލުޒަކާތާއި ފިތުރު ޒަކާތްބަލައިގަނެ އޭގެ ޙައްޤުވެރީންނަށް ބަހާ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާއަށް ފޮނުވުން.

13-   އަހަރީ މާލީބަޔާ ތައްޔާރުކޮށް ކަމާބެހޭ އިދާރާއަށް ފޮނުވުން

14-   ކައުންސިލް އިދާރާގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ބާކީ ދުވަހުން ދުވަހަށް އަދާހަމަކޮށް، ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.

15-   މިސްކިތު މުވައްޒަފުންގެ އެންމެހައި ކަންކަން ބެލެހެއްޓުން.

16-   ކައުންސިލާއި ކައުންސިލްގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ ތަކެތި މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ހޯދައި ބަލަހައްޓައި، ކައުންސިލް އިދާރާގެ ސްޓްކާއި، އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

17-   ކައުންސިލް ޖަލްސާތަކަށް ދެއްނެވުމާއި، ޖަލްސާތަކުގެ ޙާޟިރީ ތައްޔާރު ކުރުމާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

18-   ކައުންސިލްގެ އާންމުބައްދަލުވުންތަކަށް ދެއްނެވުމާއި ޙާޟިރީ އާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

19-   ކައުންސިލާ ބައްދަލުކުރާ ފަރާތްތަކުގެ ޙާޟިރީ ބެލެހެއްޓުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

20-   ކައުންސިލް އިދާރާގެ ދުވަހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ޙާއްޞަ ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

21-   ކައުންސިލްގެ ޖަލްސާތަކުން ނިންމާ ނިންމުންތައް އެކަމާ ގުޅޭ ސެކްޝަނަކަށް ޙަވާލުކޮށް އާއްމްކުރުން.

22-   އެހެނިހެން އިދާރާތަކާއި، މިނިސްޓްރީތަކުން އެޕޮއިންޓްމަންޓް ހޯދުން.

23-   ކައުންސިލްގެ 6 މަސްދުވަހުގެ ރިޕޯޓާއި، އަހަރީ ރިޕޯޓް ހަދައި އާއްމްކޮށް ފޮނުވަން ޖެހޭ އިދާރާތަކަށް ފޮނުވުނުވުން.

24-   އަންހެނުން ކޮމިޓީގެ އިދާރީ އެންމެހައި ކަންތައްތައް ކުރުން.

25-   ކައުންސިލުން ކުރިއަށްގެންދާ ޙާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ  އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1-      ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވަވެގެން 'ޑީ' ގްރޭޑް ލިބިފައިވު މާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން ' ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      ލިބިފައިވާ ތަޢުލީމަށް    %35

2-      ލިބިފައިވާ ތަމްރިނަށް     %5

3-      ސިވިލްސަރވިސްއަށް ވަނުމަށް ދެވޭ އިމްތިހާނަށް  %5

4-      ވަޒީފާ އާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް 

5-      ޤާބިލުކަށް ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން  %45

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.  އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން  އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު   އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 11 ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާއި ދެމެދު މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު ދިހައަކަށް ވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6600007 ނަންބަރު ފޯނަށެވެ. އީމެއިލް ކުރައްވާނީ    [email protected] އަށެވެ.

 

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ސެޕްޓެންބަރު 2019
ހޯދާ