މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

               ނަންބަރ : IUL)MMPRC-PRO/1/2019/61) 

އިޢުލާން

               2020 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ ހަރަކާތްތަކުގައި ބޭނުންކުރާނެ" މޯލްޑިވްސް ކަލަންޑަރ 2020" މި ކޯޕަރޭޝަނުން ފޯރުކޮށްދޭ ޑިޒައިނާއި އެއްގޮތަށް ތައްޔާރުކޮށްދީ މި ކޯޕަރޭޝަނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

               ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 09ވާ  ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ސެޕްޓެމްބަރ 16ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑާއިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދަސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

               03 މުޙައްރަމް 1441ޙ.

               02 ސެޕްޓެމްބަރ 2019މ.                

 

 

 

02 ސެޕްޓެންބަރު 2019
ހޯދާ